އެސެސްމަންޓެއް ހެދުމަށް ފަހު އުނދަގޫވާ ގޮތަށް މާލޭގެ މަގުތަކުގައި ހުރި ގަސްތައް ނަގަން ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ރޭ ވިދާޅުވީ މާލޭގެ މަގުތަކުގައި ހުންނަ ގަސްތައް ބޮޑުވެގެން ގޮސް ގޭގެއާ ހަމައަށް ފޯރާ އިމާރާތް ހަލާކުވާ މައްސަލައިގެ ޝަކުވާ ވަރަށް ގިނައިން ލިބޭ ކަމަށެވެ.
އަދި އެކަމާ ހުރެ މިސްކިތްތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވަމުންދާކަން ވެސް މޭޔަރު ފާހަގަކުރެއްވި އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި އުނދަގާ ކޮންމެ އެއްޗަކީ ނަގަން ޖެހޭ އެއްޗެކެވެ. އެހެން ނަމަވެސް ގަހެއް ކަނޑާލުމަކީ މީހުން ހީކުރާހާ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަށް ބޮޑެތި ހަރަދުތަކެއްދާ ކަން މޭޔަރު ފާހަގަ ކުރެއްވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ކައުންސިލްގެ ތެރޭގައި ވެސް ވަރަށް ބޮޑަށް މަޝްވަރާކުރެވިފައި ވަނީ އެސެސްމަންޓެއް ހަދާފައި ރައްޔިތުންނަށް ދަތިވާ ގޮތަށް ހުރި ގަސްތައް ނަގާފައި އާ ގަސްތައް ޖެހުން." މޭޔަރު ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ވިލި މާލޭގައި އެއްވެސް ތަރުތީބެއް ނެތި ޖަހާފައިވާ ގަސްތައް އެބަހުރި ކަމަށާއި ވިސްނުންހުރީ އެ ގަސްތައް ނެގުމަށް ފަހު އެއަށް ވުރެ ރީތިކޮށް ތަރުތީބުން ގަސްތައް ޖެހުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު