ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގައި ގާނޫނީ ދާއިރާއިން ކިޔަވަން ފެށި ނަމަވެސް އެކަމަށް މަޖިލީހުން ހަރަދު ނުކުރާ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ދާއިރާއިން މަޖިލިސް މެމްބަރުންނަށް އައިޔޫއެމްގައި ކޯސް ހިންގަން ފެށީ މަޖިލީހުން އެކަމަށް އެދުމުން ނެވެ. ނަމަވެސް ސީދާ މަޖިލިސް މެމްބަރުންނަށް ހާއްސަކޮށް އެ ބޭފުޅުންނަށް ފަސޭހަވާނެގޮތަށް ކޯހެއް ފެށުމުން ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފަ އެވެ.
ނަމަވެެސް ޕީޖީ ލީޑަރު ފަލާހު ރޭ އެކްސްގައި ވަނީ މެމްބަރުން އައިޔޫއެމުން ކިޔެވުން ދިފާއުކުރައްވައިފަ އެވެ.
"ކޮންމެ ކަމަކުންވެސް މަޖިލީސް މެމްބަރުން ދެކެ ރައްޔިތުން ރުޅި އަރުވާލަންވާނެ. މިކޯސްމީ މާތްކަލާކޯ މަޖިލީހުން ހަރަދު ކޮށްގެން ހިންގާ ކޯހެއްނޫން. މި ކޯހަށް ހިނގާ ހަރަދު އެ ބައިވެރި އަކު އަމިއްލަ އަށް ކުރަނީ." ފަލާުހު ވިދާޅުވި އެވެ.
އިއްޔެ އައިޔޫއެމުން މެމްބަރުންނަށް ފެށީ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ ކޯހެވެ. އެއީ އޮންލައިންކޮށް އެއް އަހަރު ދުވަހަށް ގެންދާ ކޯހެކެވެ.
އޭގެ އިތުރުން ޝަރީޢާ އެންޑް ލޯގެ ޑިގްރީ ކޯހެއްވެސް މަޖިލިސް މެމްބަރުންނަށް ހިންގަން ފަށަން މިހާރު އައިޔޫއެމުން ދަނީ ތައްޔާރުވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު