ކުރީ ސަރުކާރުގައި ޓެކްނޮލިޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުޙައްމަދު މަލީހް ޖަމާލު މާލެއިން ބިމެއް ބައްލަވައިގެންފިއެވެ.

ސިވިލް ކޯޓުން މިދިޔަ ހަފްތާގައި ކޮށްފައިވާ ހުކުމެއްގައި ވާގޮތުން، މައްޗަންގޮޅީގައި ހުންނަ އެ ގެ ބައްލަވައިގެންފައިވަނީ 8 މިލިއަން ރުފިޔާއަށެވެ.

އެ ބިން ބައްލަވައިގެންފައި ވަނީ މަލީހާ އެކު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ތިން ބޭފުޅުން ހިމެނޭހެން ހަތަރު މީހެއްގެ ނަމުގައެވެ.

ކޯޓު ހުކުމްގައިވާގޮތުން އެ ބިމަކީ 1066 އަކަފޫޓުގެ ބިމެކެވެ. އަދި ބިން ބައްލަވައިގެންފައިވަނީ އެ ބިމުގައި ހުރި އިމާރާތް ވެސް ހިމެނޭގޮތަށެވެ. އަދި ބިމަށް ދައްކަންޖެހޭ 8 މިލިއަން ރުފިޔާ ދައްކާފައިވާތީ އެ ބިން އެ ފަރާތްތަކަށް މިލްކުވެފައިވާކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ވެއެވެ.

މަލީހަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އިތުބާރު ނެތްކަމަށް ފާސްކޮށް މިނިސްޓަރުކަމުން ދުރުކުރުމުން އޭރުގެ ސަރުކާރާ ދެކޮޅަށް ފަހުން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭގެފަހުން ރައީސް ޔާމީނާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު މަލީހު ސިޔާސީގޮތުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީނުގެ އަރިހުގައި ޕީއެންއެފްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން