ހަގީގީ ދިރިއުޅުމުގައި ތިނެސްކަން ލޯބި ނުވަތަ "ލަވް ޓްރޭންގަލް" އެއްގައި އުޅެވުމަކީ މަޖާ ކަމެއް ނޫން ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަރުޖުން ކަޕޫރު ބުނެފިއެވެ.
އަރުޖުން މިހެން ބުނެފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "މެރޭ ހަސްބެންޑް ކޭ ބީވީ" ޕްރޮމޯޓު ކުރުމަށް ދިން އިންޓަވިއުއެއްގައި "ލަވް ޓްރޭންގަލް" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނެފައިވަނީ ހަގީގީ ދިރިއުޅުމުގައި މިފަދަ ކަމެއް ތަހައްމަލު ކުރުމަކީ މަޖާ ކަމެއް ނޫން ކަމަށާއި، ކިތައްމެ ބޮޑަށް ލޯބި ވީނަމަވެސް އެއީ ރަނގަޅު ގޮތް ނޫން ކަމަށެވެ.
އަދި މިފަދަ ކަންތަކުގެ ސަބަބުން ލޯބިވެރިޔާއާ މެދު މައްސަލަތައް ގިނަވެ، އޭގެ ސަބަބުން ދިރިއުޅުމުގައި ނުތަނަވަސްވުންތައް ގިނަވާނެ ކަމަށްވެސް އަރުޖުން ބުނެފައި ވެއެވެ. މީގެ އިތުރުން މިފަދަ ގުޅުންތަކުގައި އެކަކު ނުވަތަ ގުޅުމުގައި ވާ އެންމެނަށް އެކި ގޮތްގޮތުން ހިތްދަތިކަން ކުރިމަތިވާނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
ރިޕޯޓިތައް ބުނާ ގޮތުގައި "މެރެ ހަސްބެންޑް ކޭ ބީވީ" އަކީ މިފަދަ ލަވް ޓްރޭންގަލް އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ސްކްރީން ޕްލޭ އެކެވެ. މިއީ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. މި ފިލްމު ނެރެން ހަަމަޖެހިފައިވަނީ މިމަހު 21 ގައެވެ.

ކިޔުންތެރިންގެ ހިޔާލު