މޫސާ ހެންޑްރިކްސް
މޫސާ ހެންޑްރިކްސް
ގުުރުއާން ބަދަލުކުރަން ގޮވާލި އެއް ޖިއްސުން ގުޅުން ހިންގާ ދެކުނު އެފްރިކާގެ އިމާމް މޫސާ ހެންޑްރިކްސް އިއްޔެ މަރާލައިފި އެވެ.

މޫނު ނިވާކޮށްގެން ތިބި ދެ މީހުން މޫސާގެ ގަޔަށް ބަޑި ޖަހައި މަރާލީ އޭނާ ކާރެއްގެ ތެރޭގައި އިންދަ އެވެ.

މޫސާ މަރާލުމަށް ފަހު އެ ދެ މީހުން ވަނީ ޓްރަކެއްގައި ފިލާފަ އެވެ. އެ ދެ މީހުން މިހާތަނަށް ފެނިފައިނުވާތީ އަދި ހައްޔަރެއް ނުކުރެވެ އެވެ.

މޫސާ މަރާލުމުގެ ކުރިން އޭނާ ވަނީ އެއް ޖިއްސުން ގުޅުން ހިންގާ ދެ އަންހެނުންގެ ކައިވެނިވެސް ކޮށްދީފަ އެވެ.

ޕާކިސްތާނުން ދީން ކިޔެވި މޫސާ، އެއް ޖިންސުގެ މީހުންނާ ގަޔާވާ މީހެއްކަން އާންމުކޮށް އިއުލާންކުރީ 1996 ވަނަ އަހަރު އެވެ. އެއާއެކު ދެކުނު އެފްރިކާގެ މުސްލިމުން ވަނީ އޭނާ ބޮއިކޮޓްކޮށްފަ އެވެ. އެހެންވެ އޭގެ ފަހުން މޫސާ އުޅުނީ ވަކި ޖަމާއަތެއް ހަދައިގެން ވަކި މިސްކިތެއްގަ އެވެ.

މޫސާއަކީ އެއް ޖިންސުން ގުޅުން ހިންގާކަން ފާޅުގައި ދުނިޔެއަށް އިއުލާންކުރި ފުރަތަމަ އިމާމުވެސް މެއެވެ.

އެއް ޖިންސުން ގުޅުން ހިންގާކަން އިއުލާންކުރުމުގެ ކުރިން އަންހެނަކާ ކައިވެނިކޮށް މޫސާއަށްވަނީ ތިން ދަރިންވެސް ލިބިފައެވެ. އެހެންނަމަވެސް ފަހުން އެކައިވެނި ވަނީރޫޅިފައެވެ. އަދި މަރާލިއިރު އޭނާ އުޅުނީ ހިންދޫ ދީނުގެ ފިރިހެނަކާ ކައިވެނިކޮށްގެން ނެވެ.

ގުރުއާނުގައި އެއް ޖިއްސުން ގުޅުން ހިންގުމާ ދެކޮޅުކަމުން ގުރުއާން ބަދަލުކުރަން ވެސް މޫސާ ގޮވާލައިފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން