އަންހެން ޓިޗަރަކު ދަރިވަރަކު ގްރޫމް ކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ ސައުތު ޕޮލިސް ހިމެނޭ ރަށެއްގެ ސްކޫލެއްގެ އަންހެން ޓީޗަރަކު އެ ސްކޫލުގެ ގްރޭޑް 8 ގައި ކިޔަވާ ފިރިހެން ދަރިވަރަކު ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މަހު 21 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅޭ މައުލޫމާތުތައް ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާ ކޮށްފައިވާ ކަމަށާއި، މިހާރު މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަކީ ވަރަށް ސީރިއަށް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކަކަށް ވާތީ ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމުގެ ގޮތުން އެއީ ކޮން އަތޮޅެއްގެ، އަދި ކޮން ރަށެއްގެ ކުއްޖެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު