އަވައްޓެރި އިންޑިއާގައި ކޯލް މައިނެއްގައި ތާށިވި މީހުންގެ ހަށިތައް ނެގުނުއިރު އެންމެން ކުނިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ އިރު އުތުރު އައްސާމް ސްޓޭޓްގައި ހުންނަ ކޯލް މައިނެއްގައެވެ. އެގޮތުން އެ މައިންގައި މަސައްކަތް ކުރި ފަސް މީހެއް އެ މައިނުގެ ތެރޭގައި ތާށިވެފައިވާއިރު އެމީހުން ތާށިވީ ބޯކޮށް ވާރޭ ވެހި މައިނުތެރޭ ފެންބޮޑުވެގެން ކަމަށް އޮފިޝަލުން ބުނެއެވެ.

ހާދިސާ ހިނގިތާ 44 ދުވަސް ފަހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މައިންގައި ތާށިވެފައި ތިބި ފަސް މީހުންގެ ހަށިތައް ވަނީ ނަގާފައެވެ. މައިނުން ނެގި މީހުންގެ ހަށިތައް ކާކުކަން ދެނެގަނެވޭވަރަށްވުރެ ބޮޑަށް ކުނިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން މިހާރު ދަނީ މައިނުން ނެގި މީހުން ދެނެގަތުމަށް ޑީއެންއޭ ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ އެ މައިނުގައި ހިނގި ހާދިސާގައި ސަލާމަތްވެފައިވަނީ އެންމެ މީހަކު ކަމަށް ރިޕޯޓުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން