ބޮލީވުޑްގެ ބްލޮކްބަސްޓަރު ތަރި ސަލްމާން ޚާން ގެ ކުރިއަށް އޮތް ފިލްމު "ސިކަންދަރު" ގެ ޝޫޓުތައް ދެ ދުވަސްތެރޭ ނިމޭނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ފިލްމު މިއަހަރުގެ ފިތުރު އީދުގައި ނެރުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ އެންމެ ފަހުގެ ޝޫޓުތައް މިހާރު ދަނީ ކުރަމުންނެވެ. ޕިންކްވިލާގެ ރިޕޯޓެއްގައި ބުނެފަައިވަނީ ކުރިއަށް އޮތް ދެ ދުވަސް ތެރޭ ފިލްމުގެ ފަހުގެ ޝޫޓުތައް ނިމޭނެ ކަމަށެވެ. އަދި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައްވެސް މިހާރު ފަށާފައިވާ ކަމަށް ރިޕޯޓުގައި ވެއެެވެ.
މި ފިލްމުގެ ލީޑުން ސަލްމާން އާއެކު ފެނިގެންދާނީ ރަޝްމިކާ މަންދަނާ އެވެ. މިއީ ސަލްމާން އާއި ރަޝްމިކާ އެކުގައި ބޮޑު ސްކްރީނުން ފެންނަ ފުރަތަމަ ފަހަރު ކަމުން އެތައް ބަޔަކު ދަނީ މި ފިލްމު ނެރޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.
ފިލްމު ނެރެން ހަމަޖެހިފައިވާ ދުވަހަށް ފިލްމުގެ މަސައްކަތްތައް ނިންމުމަށް ޑައިރެކްޓަރު އޭއާރް މުރުގަދޮސް އާއި ޕްރޮޑިއުސަރު ސާޖިދު ނަޑިއަދްވާލާ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު