މަރްޔަމް ނަހްދާ ވަޙީދު   22 ފެބްރުއަރީ 2025 - 2:56
ޓޮމާޓޯ މޫނުގައި އުނގުޅުމުން ހަންގަނޑު އަލިވޭ- ގޫގުލް އިމޭޖެސް
ޓޮމާޓޯ މޫނުގައި އުނގުޅުމުން ހަންގަނޑު އަލިވޭ- ގޫގުލް އިމޭޖެސް
ރާއްޖެފަދަ ހޫނުގަދަ ގައުމެެއްގައި އުޅޭއިރު އިރުގެ އަވީގައި ދަތުރުކުރުމަކީ ނުރައްކާތެރި ކަމެކެވެ. އަދި އިރުގެ އަވީގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ހަންގަނޑު އެނދުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިފަހަރު މި ހިމަނާލަނީ މިކަމަށް ފަރުވާ ހޯދުމަށް ގޭގައި ބޭނުން ކުރެވިދާނެ ބައެއް ބާވަތްތަކެވެ.

އެލޯވެރާ ޖެލް

އެލޯވެރާއަކީ ހަންގަނޑު އަލި ކުރުމަށްޓަކައި ޒަމާނުއްސުރެ މީހުން ބޭނުން ކުރަމުން އައިސްފައިވާ އެއްޗެކެވެ. އެލޯވެރާ ޖެލް ހަމުގައި އުނގުޅުމަށްފަހު 30 މިނިޓް ވަންދެން ބަހައްޓާށެވެ. އޭގެ ފަހުން ފިނި ފެނުން ދޮވެލާށެވެ. މިގޮތަށް ދުވާލަކު 2 ފަހަރު ހެދުމުން ރަނގަޅު ނަތީޖާ ފެންނާނެއެވެ.

ޓޮމާޓޯ ޖޫސް

ޓޮމާޓޯ އަކީ އޭގައި ލައިކޮޕީން ހިމެނޭ އެއްޗެއް ކަމުން މި ބޭނުން ކުރުމުން ހަންގަނޑުގެ ކުލަ އަލި ކުރުމަށް އެހީވެދެއެވެ. ޓޮމާޓޯ ޖޫސް މޫނުގެ ހަންގަނޑުގައި އުނގުޅާލުމަށްފަހު 20 މިނެޓު ފަހުން ފެނުން ދޮވެލާށެވެ. މިގޮތަށް ހަފްތާއަކު 3-4 ފަހަރު ކުރުމުން ރަނގަޅު ނަތީޖާ ފެންނާނެއެވެ.

އަލުވި ޖޫސް

އަލުތްވަކީ އޭގައި ގިނަ އަދަދަކަށް ކެޓެކޮލޭސް ހިމެނޭ އެއްޗަކަށް ވީއިރު މި ބޭނުން ކުރުމުން ހަންގަނޑުގައި އަނދާފައި ހުންނަ ތަންތަން އަލިވެއެވެ. އަލުވި ޖޫސް މޫނުގައި އުނގުޅާލުމަށްފަހު 10 މިނިޓް ވަންދެން ބަހައްޓާށެވެ. އަދި 10 މިނެޓު ފަހުން ދޮވެލާށެވެ. ހަފްތާއަކު ދެފަހަރު މި ބޭނުން ކުރުމުން ނަތީޖާ ފެންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން