ބޮލީވުޑްްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "ހައުސްފުލް 5" އަކީ މާޑަރ މިސްޓްރީ ފިލްމެއް ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ފިލްމުގެ ޝޫޓުތައް ކުރިއަށްދަނީ ކުރޫޒް ޝިޕެއްގައި ކަމަށް މީގެ ކުރިން ރިޕޯޓު ކޮށްފައިވާއިރު، މި ފިލްމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން މިއީ މާޑަރ މިސްޓްރީ ފިލްމެއް ކަމަށް ބޮލީވުޑް ހަންގާމާއިން ވަނީ ރިޕޯޓު ކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ކުރޫޒް ޝިޕްގައި ހިނގައިދާ މަރުގެ ހާދިސާއެއް ތަހުގީގު ކުރުމުގެ ތެރޭގައި ދިމާވާ ކަންތައްތަކެއްގެ މައްޗަށެވެ. އަދި މިއީ ވަރަށް މީހުން ހެއްވާލާފަދަ މަޖާ ފިލްމަކަށް ވާނެ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
މި ފިލްމަކީ ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ހިމަނައިގެން އުފައްދާ ފިލްމަކަށްވީއިރު، އޭގެ ތެރޭގައި އަކްޝޭގެ އިތުރުން ރިތޭޝް ދޭޝްމުކް، އަބިޝެކް ބައްޗަން، ސަންޖޭ ދަތު، ޖެކީ ޝްރޮފް، ޖެކެލިން ފަނެންޑޭޒް އަދި ޝްރެޔާސް ތަލްޕަޑޭ ފަދަ ތަރިން ހިމެނެއެވެ.
ތަރުން މަންސުކާނީ ޑައިރެކްޓު ކުރާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖޫން މަހުގެ 6 ގައެވެ.

ކިޔުންތެރިންގެ ހިޔާލު