މަރްޔަމް ނަހްދާ ވަޙީދު   23 ފެބްރުއަރީ 2025 - 7:57
ސްޓްރޯބެރީ ކަނީ- ގޫގުލް އިމޭޖެސް
ސްޓްރޯބެރީ ކަނީ- ގޫގުލް އިމޭޖެސް
ބަނޑުގައި ސަރުބީ ޖެހުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އަދި ކަސްރަތު ކޮށްގެންވެސް މިކަން ހައްލު ކުރުން މިއީ ވަރަށް ގިނަ މީހުންނަށް އުނދަގޫ ކަމެކެވެ. ބަނޑުގައި ހުންނަ ސަރުބީ އެންމެ ފަސޭހަކަމާއެކު ވިރޭނީ ކެއުމުގެ އާދަތަކަށް ބަދަލު ގެނެސްގެންނެވެ.

މިފަހަރު މި ހިމަނާލަނީ ބަނޑުގައި ހުންނަ ސަރުބީ ވިރުވުމުގައި އެހީވެދޭ ބައެއް މޭވާގެ ބާވަތްތަކެވެ.

އާފަލު

އާފަލަކީ ބަރުދަން ލުއިކޮށް، ބައްޓަން ރީތިކުރަން ބޭނުންވާނަމަ ކެއުން އެންމެ ރަނގަޅު އެއް މޭވާއެވެ. މިއީ ގިނަ އަދަދަކަށް ފައިބާ ހިމެނޭ އެއްޗަކަށްވީއިރު، މީގައި ކެލޮރީ އެކުލެވޭ ވަރު ވަރަށް މަދެވެ. މި ކެއުމުން ހަޖަމުގެ މައްސަލަތަކުން މީހާ ދުރުކޮށްދީ، އޭގެ ސަބަބުން ބަނޑު ހިންދުމަށް އެހީތެރި ވެދެއެވެ.

ބެރީސް

ތަފާތު އެކިކަހަލަ ބެރީސްތަކަކީ އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު، ފައިބާ އަދި ވިޓަމިން ސީ ހިމެނޭ އެއްޗެއްސެވެ. މި ހުރިހާ މާއްދާތަކަކީވެސް ބަރުދަން ލުއި ކުރުމުގައި އެހީވެދޭ މާއްދާތަކެކެވެ. މީގައި ހިމެނޭ އެންތޮސިޔަނިން އަކީ ހަށިގަނޑުގައި ހުންނަ ފެޓް ސެލްތައް ރެގިއުލޭޓު ކޮށްދޭ އެއްޗެކެވެ. މި ކެއުމުން ހަށިގަނޑުގައި ސަރުބީ ޖެހުން މަދުކޮށްދީ، މީހާގެ ބައްޓަން ރީތި ކޮށްދެއެވެ.

ފަޅޯ

ފަޅޮލަކީ އޭގައި ޕަޕައިން ނަމަކަށް ކިޔާ އެންޒައިމް އެއް އެކުލެވޭ އެއްޗަކަށްވީއިރު، މި ކެއުމުން ބަނޑު ފުއްޕުމުން ދުރުކޮށްދީ ހަޖަމުގެ މައްސަލަތަކުންވެސް މީހާ ދުރުކޮށްދެއެވެ. އަދި މީގައި ހިމެނޭ އެންޓިއޮކްސިޑެންޓުތަކުގެ ސަބަބުން ހަށިގަނޑުގައި އިންފްލެމޭޝަން ދައްކޮށްދީ، ސަރުބީ ވިރުމަށްވެސް އެހީވެދެއެވެ. އަދި އޭގެ ސަބަބުން މީހާގެ ބަނޑު ފަސޭހަކަމާއެކު ހިންދާލެވެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން