ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތް ބަލަން ފަށާފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފިއެވެ.
އެންއައިސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ އާންމުން ފުލުހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާތީ އާއި އާންމުންގެ ކަންބޮޑުވުން ވެސް އޮތް މައްސަލައަކަށްވާތީ އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލަ ތަހުގީގުކުރުމުގައި ގާނޫނާއި ގަވާއިދާއި ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވޭތޯ ބަލަން ނިންމާފައިވާ ކަމަށް އެންއައިސީއިން ބުނެފައި ވެއެވެ.
އެންއައިސީ އިން މި މައްސަލާގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލަން ފަށާފައިވާއިރު، ހިއުމަން ރައިޓްސް ކޮމިޝަނުންވެސް މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އެޗްއާރްސީއެމުން ބުނީ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން މި މައްސަލައިގެ ތަޙުގީގު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާ ކޮށްފައިވާ ކަމަށެވެ.
ނ. ހޮޅުދޫއަށް ނިސްބަތްވާ، އެރަށު ނިއުލައިފް، ޒަކިއްޔާ މޫސާ މަނިކު (50އ) ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ ދިހަ ވަނަ ދުވަހުއެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ބުނެ ހޮޅުދޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގިނަ ސުވާލުތަކެއް އުފެދޭ މި މަރުގެ މައްސަލައިގައި ފުލުހުން މީގެ ކުރިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައި ވެއްޓިފައި އޮއްވައެވެ. އަދި އޭނާގެ ކަރުގައި ޒަހަމްތަކެއް ފެންނަން ހުރިކަމަށާއި، އޭނާ އޮތް ތަނުގައި ވަޅިއެއްވެސް އޮތްކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަޙުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި، ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާކަމަށްވެސް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.

— National Integrity Commision (@NIC_Maldives) February 23, 2025

ކިޔުންތެރިންގެ ހިޔާލު