ނެގެޓިވް ހިޔާލުތަކަކީ އޭގެ ސަބަބުން ދިރިއުޅުމުގެ އެކި ދާއިރާތަކަށް ނޭދެވޭ އަސަރުކުރުވާ ކަމެކެވެ. ނެގެޓިވް ހިޔާލުތަކުގެ ސަބަބުން މީހާ މާ ބޮޑަށް ސްޓްރެސްވެ، ނަފްސާނީ ބަލިތައް ޖެހުމުގެ ފުރުސަތުވެސް ބޮޑުވެއެވެ. މިއީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެކެވެ. ނަމަވެސް މިފަދަ ނޭދެވޭ ހިޔާލުތައް އަޅުގަނޑުމެންނަށް ކޮންޓްރޯލު ކުރެވިދާނެއެވެ.
މިފަހަރު މި ހިމަނާލަނީ ނެގެޓިވް ހިޔަލުތަކާ ދުރުވުމަށްޓަކައި ކުރަން ޖެހޭ ބައެއް ކަންކަމެވެ.
ޝުކުރުވެރިވުން
ކޮންމެ ދުވަހަކު ހެނދުނު ތެދުވުމާއެކު، ތިބާގެ ދިރިއުޅުމުގައި ހުރި ރަނގަޅު ކަންތައްތަކަށް ޝުކުރުވެރިވާށެވެ. މިއީ ތިބާގެ ހިތުގައި އުފާވެރިކަމާއި ހިތްހަމަޖެހުން އުފެއްދުމަށް އެހީވެދޭނެ ކަމެކެވެ. އަދި މިއީ ނޭދެވޭ ހިޔާލުތަކަށް ޖާގަ ނުދިނުމަށް އެހީވެދޭނެ ކަމެކެވެ.
ވަރުބަލިކަން ފިލުވުމަށް ވަގުތު ހޭދަކުރުން
ނެގެޓިވް ހިޔާލުތަކާ ދުރަށް ދިއުމަށްޓަކައި ތިބާގެ ދުވަހުގެ ވަގުތުތަކުގެ ތެރެއިން ކުޑަ ވަގުތުކޮޅެއް ނަމަވެސް، ވަރުބަލިކަން ފިލުވުމަށް ހޭދަކުރުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް، ފޮތެއް ކިޔުން، މިއުޒިކް އަޑުއެހުން، ނުވަތަ ކުރު ހިނގާލުން ފަދަ ކަމެއް ކުރެވިދާނެއެވެ. މިފަދަ ކަންކަމުން ތިބާގެ ސިކުނޑިއަށް އާރާމު ލިބި، ނޭދެވޭ ހިޔާލުތައް ދުރުކުރުމަށް އެހީވެދޭނެއެވެ.
ދުޅަހެޔޮ ކާނާ ކެއުން
ނެގެޓިވް ހިޔާލުތަކާ ދުރަށް ދާން ބޭނުންނަމަ ކެއުމުގެ އާދަތަކަށް ބަދަލުގެނައުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ދުޅަހެޔޮ ކާނާ ކެއުމުން ތިބާގެ ހަށިގަނޑަށާއި ސިކުނޑިއަށް ރަނގަޅު އަސަރުކުރާނެއެވެ. އެހެންވެ ތާޒާ މޭވާއާއި ތަރުކާރީ އަދި ޕްރޮޓީން ކެއުމަށް އިސްކަންދޭށެވެ. އަދި ދިޔާ ތަކެތި ގިނައިން ބުއިމަށް ސަމާލުކަން ދޭށެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު