އެންޒައިޓީ އަކީ ފުރާވަރު ކުދިންގެ މެދުގައި ވަރަށް އާންމު ނަފްސާނީ މައްސަލައެކެވެ. ނަމަވެސް، ގިނަ ފަހަރަށް މައިންބަފައިންނަށް އެކަން ދެނެގަތުމަށް ދަތިވެއެވެ.
މިފަހަރު މި ހިމަނާލަނީ ދަރިފުޅުގެ ކިބައިގައި އެންޒައިޓީ ހުންނަ ނަމަ ފެނިދާނެ ބައެއް އަލާމާތްތަކެވެ.
ނިދުމުގެ މައްސަލަތައް
އެންޒައިޓީ ހުންނަ ކުދިންނަށް ގިނަފަހަރު ނިދުމުގެ މައްސަލަތައް ކުރިމަތިވެއެވެ. އެއީ ނިދަން އުނދަގޫވުން، ނިދިން ހޭލެވުން، ނުވަތަ ގިނައިރު ނިދުމެވެ. މިފަދަ ކުދިން ރޭގަނޑު ނިދަން އުނދަގޫވެ، ނިދާފައި ހޭލާއިރު ވަރުބަލިވެފައި ތިބެއެވެ.
ކެއިން ބުއިމުގެ އާދަތަކަށް ބަދަލު އައުން
ކުދިންގެ ކެއިން ބުއިމުގެ އާދަތަކަށް ބަދަލު އައުމަކީވެސް އެންޒައިޓީ ހުންނަ ނަމަ ދިމާވާ މައްސަލައެކެވެ. ބައެއް ކުދިން ކެއުން މަދުކޮށްލައެވެ. އަނެއްބައި ކުދިން ގިނައިން ކައެވެ. މިކަން މިހެން ވަނީ އެކުދިން ކަންކަމާމެދު މާބޮޑަށް ވިސްނައި، ހާސްވާތީއެވެ.
އެކަހެރިވުން
އެންޒައިޓީ ހުންނަ ކުދިންގެ ފަރާތުން ދެން ފެންނަ އެންމެ އާންމު ކަމަކީ އެހެން މީހުންނާ ދުރުވެ އެކަނި އުޅެން ބޭނުންވުމެވެ. މިކުދިންނަކީ އެހެން މީހުންނާ ގުޅުން ބަހައްޓަން ބޭނުންވާ ކުދިންނެއް ނޫނެވެ. އެކުދިން އިޖްތިމާއީ ހަރަކާތްތަކާ ދުރުވެ، ގިނަ ވަގުތު އެކަހެރިވެ ހޭދަކުރަން ބޭނުންވެއެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު