އާމިރު ޚާން އާއި ޖުނެއިދު ޚާން- ގޫގުލް އިމޭޖެސް
އާމިރު ޚާން އާއި ޖުނެއިދު ޚާން- ގޫގުލް އިމޭޖެސް
ދަރިފުޅު ޖުނެއިދު ޚާންގެ ފިލްމު "ލަވް ޔާ ޕާ" ބޮކްސް އޮފީހުގައި ނާކާމިޔާބު ވުމުން އެކަމާ ދެރަވާކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ޕްރޮޑިއުސަރު އާމިރު ޚާން ބުނެފިއެވެ.

ޖުނެއިދު ޚާން ބޮލީވުޑަށް ތައާރަފް ވެފައިވަނީ ފިލްމު "ލަވް ޔާ ޕާ" އިންނެވެ. މި ރޮމޭންޓިކް ކޮމެޑީ ފިލްމުގައި އޭނާއާއެކު ލީޑުން ފެނިފައިވަނީ ޚުޝީ ކަޕޫރު އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

މި ފިލްމާ ގުޅޭ ގޮތުން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން އާމިރު ބުނީ ފިލްމު ނާކާމިޔާބު ވުމުން އެކަމާ ވަރަށް ދެރަވި ކަމަށެވެ. އާމިރު ބުނީ އޭނާއަށް އެ ފިލްމު ކަމުދިޔަ ކަމަށާއި، ޖުނެއިދުގެ މަސައްކަތްވެސް އޭނާއަށް ވަރަށް ކަމުދިޔަ ކަމަށެވެ.

އާމިރު އިތުރަށް ބުނީ މި ފިލްމާމެދު އޭނާ 10 ގުނައަށް ސްޓްރެސް ވި ކަމަށާއި، އެ ފިލްމު ނެރުނު ދުވަހަކީ އޭނާގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ދުވަސް ކަމުގައި ގަބޫލު ކުރެވުނު ކަމަށެވެ. އަދި އެއީ ބައްޕައެއްގެ ހައިސިއްޔަތުން ކުރެވުނު އިހުސާސްތަކެއް ކަމަށާއި، އެކަން ބުނެދޭންވެސް ނޭނގޭ ކަމަށް އާމިރު ބުނެފައި ވެއެވެ.

އާމިރު ވަނީ ޖުނެއިދުގެ ކުރިއަށް އޮތް ފިލްމާ ގުޅޭ ގޮތުންވެސް ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ އާމިރު ޕްރޮޑަކްޝަންސް އާއެކު ޖުނެއިދު ފިލްމެއް އުފައްދާފައިވާ ކަމަށާއި، މިއަހަރު ފަހުކޮޅު އެ ފިލްމު ނެރޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން