ރާއްޖޭގައި ޤާނޫނުގެ ވެރިކަމެއް ނުހިނގާ ކަމަށާއި ޤައުމު ދަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.
ނާޒިލް މިހެން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަހަރަށް މަޖިލީސް ހުޅުއްވައި ދެއްވަމުން ދެއްވި ރިޔާސީ ބަޔާނަށް މަޖިލީހުގެ ތަޅުމުގައި މިއަދު ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ނާޒިލް ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް މާޔޫސްކަން ގެނެސްދިން ބަޔާނެއް ކަމަށެވެ. އޭގެ އިތުރުން ރިޔާސީ ބަޔާނަކީ ދޮގާއި އޮޅުވާލުން ގިނަ ބަޔާނެއް ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.
“ރިޔާސީ ބަޔާނުން ރައްޔިތުން އިތުރަށް މާޔޫސްކޮށްފި. އިގުތިޞާދީ އަދި މާލީ ކަންކަން ހައްލު ކުރާނެ ސިޔާސަތުތަކެެއް ބުނެ ނުދެވުނު. މި އަހަރުގެ ރިޔާސީ ބަޔާނަކީ މިހާތަނަށް އިވުނު އެންމެ އޮޅުވައިލުންގިނަ ރިޔާސީ ބަޔާން.” ނާޒިލް މިއަދު ވިދާޅުވިއެވެ.
ނާޒިލް ވަނީ ރިޔާސީ ބަޔާނާއި ރާއްޖޭގެ ހާލަތާއި އެއްވެސް މިންވަރަކަށް ދިމާ ނުވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ޤައުމު ދަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ދަނީ ރަނގަޅު މިސްރާބަކަށް ނޫން ކަމަށްވެސް ނާޒިލް ވިދާޅުވެފައިވެއެވެ.
“މުހިންމު ކަންކަން އުނިކޮށް ޚިޔާލީ ކަންކަން އުފައްދަން އުޅުނު މަންޒަރު ފެނިގެންދިޔައީ. މަޖިލީހަށް ވެސް އޮޅުވާލީ.” ނާޒިލް ވިދާޅުވިއެވެ.
ހަމައެއާއެކު ސަރުކާރުން ބަޖެޓު ފައިނޭންސް ކުރުމަށްވެސް މަސައްކަތް ނުކުރާ ކަމަށާއި ދަރަނި ނުނަގާނެ ކަމަށް ވީ ވައުދުވެސް ނުފުއްދޭ ކަމަށް ނާޒިލް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ރައްޔިތުން މިވަގުތު ތިބީ ހާސްކަމެއްގައި ކަމަށާއި ސަރުކާރުގެ ނާޤާބިލްކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަންދުކުރަން ޖެހި، ވިޔަފާރިތައް ބަނގުރޫޓުވަމުންދާކަން ނާޒިލް މިއަދު ވަނީ ފާހަގަ ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު