ކެންސަރު ބަލީގެ އަލާމާތްތަކަށް ސަމާލުކަން ނުދެވުނީ އެއީ އިންފެކްޝަންގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ހީވުމުން ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ހީނާ ޚާން ބުނެފިއެވެ.
ހީނާ މިހެން ބުނެފައިވަނީ ދާދި ފަހުން ފަރާ ޚާން އާއެކު ކުރިއަށް ދިޔަ އިންޓަވިއުއެއްގައި ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން ހީނާ ބުނެފައިވަނީ އަލާމާތްތައް ފެނުނު ކަމަށާއި، ކޮންމެވެސް ކަމެއް ގޯސް ކޮށް އުޅޭކަންވެސް އެނގުނު ކަމަށެވެ.
ނަމަވެސް އޭނާ އެކަމަށް އެހާ ބޮޑު ސަމާލުކަމެއް ނުދިނީ އެއީ އެހާ ސީރިއަސް ކަމެއް ނޫން ކަމަށް ހީވުމުންނާއި، އާދައިގެ އިންފެކްޝަނެއް ކަމަށް ހީވުމުން ކަމަށްވެސް ހީނާ ބުނެފައި ވެއެވެ.
އަދި މިހެންވެ، ޓެސްޓުތައް ފަހުން ހަދަން ނިންމައިގެން ހުރެވުނު ކަމަށާއި، އެކަމަށް ސަމާލުކަން ދެވުނު ވަރު ކުޑަ ވުމުގެ ސަބަބުން ކެންސަރު ބަލި ދެެނެގަނެވުނީ ފަހުގެ ސްޓޭޖެއްގައި ވަނިކޮށް ކަމަށްވެސް ހީނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ހީނާ ވަނީ ކެންސަރު ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށް ބެލުންތެރިންނަށް އިލްތިމާސް ކޮށްފައެވެ.
ހީނާ ޚާން ކެންސަރު ބަލީގެ ޝިކާރައަކަށް ވެފައިވާކަން ދެނެގަނެވުނީ މިދިޔަ އަހަރުއެވެ. އެގޮތުން އޭނާ ޑައިގްނޯސް ކުރެވުނުއިރު ވަނީ އުރަމަތީ ކެންސަރުގެ 3 ވަނަ މަރުހަލާގައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު