ޒަކިއްޔާ--
ޒަކިއްޔާ--
ޝައްކު އުފެދޭގޮތަށް މިދިޔަ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ކޮޅެއްގައި ނުޖެހި އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާތީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ހޮޅުދޫއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފަ އެއް ނުވެއެވެ. އަދި އޭނާގެ މަރާ ގުޅިގެން އެއްވެސް މީހަކަށް އަދި ތުހުމަތުކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އެހެން ނަމަވެސް ހޮޅުދޫގެ ގިނަ ރައްޔިތުން ބުނަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ހޮޅުދޫގެ ރައްޔިތުން ބުނެ ވަރުގަދަ މުޒާހަރާތަކެއް އެ ރަށުގައި ދަނީ ކުރަމުން ނެވެ.

ހޮޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ސައްތާރު މުހައްމަދު މިއަދު ފޭސްބުކުގައި ވިދާޅުވީ ޒަކިއްތާގެ މަރުގެ މައްސަލައިގައި ހޮޅުދޫ ރައްޔިތުްނގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވުމަށް އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ގޮތުން ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ވަރަށް އަވަހަށް ހޮޅުދޫއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް މިހާރު ވަނީ ބަލަން ފަށައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން