ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫޤް
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫޤް
ފަނޑިޔާރުން ވަކިކުރާ ބިލަށް ވޯޓު ނުދެއްވައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫޤް މަޖިލީހުގެ ތަޅުން ދޫކުރަށްވައި ނިކުންނަވައިފިއެވެ.

ވެރިކަންކުރާ ޕީއެންސީގެ ވިޕަށް ގޮންޖައްސަވައި އަޒާން މަޖިލީހުގެ ތަޅުން ދޫކުރަށްވައި ނިކުންނަވާފައިވާއިރު ޕީއެންސީ ޕީޖީގެ ވަޓްސްއެޕް ގްރޫޕުންވެސް އިއްޔެ އަޒާން ވަނީ ބޭރުކޮށްފައެވެ.

އަޒާން އެ ގްރޫޕުން ބޭރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަނެ ކޮމިޓީއަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައިވެސް ބައިވެރިވެ ނުލެއްވުމުންނެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ވޯޓިންގ ސިސްޓަމަށް ދިމާވި މައްސަލައާއެކު ވޯޓަށް އެހީ ކޮންމެ މެންބަރެއް ގާތު ވަކިވަކިން އަހައިގެންނެވެ. އެގޮތަށް ވޯޓަށް އަހަމުން ދަނިކޮށް އަޒާން ވަނީ ތަޅުން ދޫކުރައްވައި ނިކުންނަވާފައެވެ.

އަޒާން މަޖިލީހުގެ ތަޅުން ދޫކުރަށްވައި ނިކުންނެވި ނަމަވެސް 68 މެންބަރުން ވޯޓު ދެއްވައިގެން ބިލު ވަނީ ފާސްކޮށްފައެވެ. ބިލާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

މި ބިލަށް ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ މެންބަރުން ތަޅުމުގައި އަޑުގަދަ ކުރަށްވަން ފެއްޓެވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ގަލޮޅު ދެކުނު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި އެ މެންބަރުންވެސް ތަޅުމުން ނެރެފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން