ފަނޑިޔާރުން ވަކިކުރާ ބިލަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވޯޓު ނުދެއްވި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އެ ބިލު ފާސްކުރުމަށް މަޖިލީހުގެ ތަޅުމުގައި މިއަދު ވޯޓު ދެއްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން އިއްޔެ ހުށައެޅި ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ބިލު ފާސްކުރުމަށް ރޭ ވޯޓަށް އެހުމުން ޑރ. އަނާރާ އެއްވެސް ކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.
ނަމަވެސް އެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް މިއަދު ނެގި ވޯޓުގައި ޑރ. އަނާރާ ވޯޓު ދެއްވީ ބިލު ފާސްކޮށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމަށެވެ.
މަޖިލީހަށް އިއްޔެ ހުށައެޅި މިބިލު އިއްޔެ ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، ކޮމިޓީން ރޭގެ ވަގުތެއްގައި ފާސްކޮށް، މިއަދު ވަނީ ތަޅުމުގައި ވޯޓަށް އަހާފައެވެ. މި ބިލަށް ވޯޓަށް އަހާފައިވަނީ ވަކިވަކިން މެންބަރުންގެ ގާތުގައި އަހައިގެންނެވެ.
އެގޮތަށް ނެގި ވޯޓުގައި ބިލު ފާސްކުރަން ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވިއެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.
މަޖިލީހުން ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު ވަކިކުރުމަށް ފާސްކޮށްފައިވާއިރު ސުޕްރީމް ކޯޓުން ގެންދަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލަ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު