އަދިވެސް ދެމިހުންނެވީ ސަރުކާރާއި އެކުގައި ކަމަށާއި، ސުޕްރީމު ކޯޓުގެ ބެންޗު ކުޑަ ކުރުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓު ނުދެއްވީ އެބިލަށް ހުށައަޅާފައިވާ އިސްލާޙް ޤާނޫނު އަސާސީއާ ހިލާފު ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫޤް ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވެފައިވަނީ ސުޕްރީމު ކޯޓުގެ ބެންޗު ކުޑަ ކުރުމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕުން ނެރެފައިވާ ވިޕަށް ގޮންޖައްސަވައި މަޖިލީހުގެ ތަޅުން ދޫކުރަށްވައި ނިކުންނެވުމަށްފަހު މިއަދު ނެރުއްވި ބަޔާނެއްގައެވެ.
އެގޮތުން އަޒާން ވިދާޅުވެފައިވަނީ އެ ބިލަށް ތާއީދު ނުކުރަން ނިންމީ، ދާއިރާގެ ރައްޔިތުންނާއި، ޤާނޫނީ ވަކީލުންނާއި، ފަނޑިޔާރުންނާއި، ސަރުކާރުގެ ބައެއް ވަޒީރުންގެވެސް މަޝްވަރާ އާއި އެކުގައި ކަމަށެވެ. އަދި އެ ބިލަކީ ޤާނޫނު އަސާސީއާ ހިލާފު ބިލަކަށް ވުމުން، އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށްވެސް އަޒާން ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ފަނޑިޔާރުންގެ ސުލޫކީ މައްސަލަަ ބަލަން ވާނީ ޖުޑިޝަލް ސާވިސަސް ކޮމިޝަނަށް މެދުވެރިކޮށް ކަމަށާއި، އެފަދަ މައްސަލައެއް ސާބިތުވާނަމަ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އެ ފަނޑިޔާރަކު ވަކިކުރެވިދާނެ ކަމަށް އަޒާންގެ ބަޔާނުގައިވެއެވެ. އަދި ޕީއެންސީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެމެ، ޤާނޫނުގައި ކަނޑައަޅާފައިވާ މަގު އިޚްތިޔާރު ނުކޮށް، ކޯޓުތަކާ ބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިގެން 2 ފަނޑިޔާރަކު މަޤާމުން ވަކިކުރަން ނިންމުމަކީ ޤާނޫނީ ގޮތުން ރަނގަޅު ކަމެއް ކަމުގައި ނުދެކޭ ކަމަށް އަޒާން ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ ކަމެއްގައި ބައިވެރި ނުވެވޭނެ ކަމަށާއި، ނަމަވެސް އައްޑޫއަށް ތަރައްޤީ ގެނެސްދިނުމަށްޓަކައި އަދިވެސް ހުންނެވީ ސަރުކާރާއި އެކުގައި ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑު އަދިވެސް މިހުރީ މި ސަރުކާރާއެކު، ޚާއްސަކޮށް އައްޑޫސިޓީއަށް ތަރައްޤީ ހޯދައި ދިނުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރަން.“ އަޒާން މިއަދު ނެރުއްވި ބަޔާނުގައިވެއެވެ.
އޭގެ އިތުރުން ދާއިރާގެ ރައްޔިތުންގެ ހަވާލުކުރި މަސްއޫލިއްޔަތު އެ ރައްޔިތުންނަށް ވައުދުވީ ގޮތަށް އަދާނުކޮށް އަނެއްކާވެސް ރައްޔިތުންގެ ގާތަށް ވޯޓު ހޯދަންދާ މީހަކަށް ނުވާނެ ކަމުގެ ޔަޤީންކަން ބަޔާނުގައި އަޒާން ދެއްވާފައިވެއެވެ.
މިއަދުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބިލަށް ވޯޓު ނުދެއްވައި އަޒާން ވޯކްއައުޓް ކުރެއްވި ނަމަވެސް ޕީއެންސީގެ މެންބަރުން ވޯޓު ދެއްވައިގެން އެބިލު ވަނީ މަޖިލީހުން ފާސްކޮށްފައެވެ.

އަޅުގަނޑު އަދިވެސް މިހުރީ މި ސަރުކާރާއެކު، ޚާއްސަކޮށް އައްޑޫސިޓީއަށް ތަރައްޤީ ހޯދައި ދިނުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރަން. ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙަށް ތާއީދުނުކުރީ އެ އިޞްލާޙަކީ ޤާނޫނުއަސާސީއާ ޚިލާފު އިޞްލާހެއްކަމަށް އަޅުގަނޑަށް ފެންނާތީ. pic.twitter.com/vS26kqP3W9
— Ahmed Azaan (@axanner) February 26, 2025
އޭގެ އިތުރުން ދާއިރާގެ ރައްޔިތުންގެ ހަވާލުކުރި މަސްއޫލިއްޔަތު އެ ރައްޔިތުންނަށް ވައުދުވީ ގޮތަށް އަދާނުކޮށް އަނެއްކާވެސް ރައްޔިތުންގެ ގާތަށް ވޯޓު ހޯދަންދާ މީހަކަށް ނުވާނެ ކަމުގެ ޔަޤީންކަން ބަޔާނުގައި އަޒާން ދެއްވާފައިވެއެވެ.
މިއަދުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބިލަށް ވޯޓު ނުދެއްވައި އަޒާން ވޯކްއައުޓް ކުރެއްވި ނަމަވެސް ޕީއެންސީގެ މެންބަރުން ވޯޓު ދެއްވައިގެން އެބިލު ވަނީ މަޖިލީހުން ފާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު