ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް
ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް
ފަނޑިޔާރުން ވަކިކުރާ ބިލަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވޯޓު ނުދެއްވި ނަމަވެސް މަޖިލީހުގެ ތަޅުމުގައި ބިލު ފާސްކުރުމަށް ވޯޓު ދެއްވީ މަޖިލީހުގެ މެޖޯރިޓީ އާއެކު ހުންނެވުމަށް ކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން އިއްޔެ ހުށައެޅި ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ބިލު ފާސްކުރުމަށް ރޭ ވޯޓަށް އެހުމުން ޑރ. އަނާރާ އެއްވެސް ކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

ނަމަވެސް އެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް މިއަދު ނެގި ވޯޓުގައި ޑރ. އަނާރާ ވޯޓު ދެއްވީ ބިލު ފާސްކޮށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމަށެވެ.

އެކަމާ ގުޅިގެން ކުރިމަތިވެފައިވާ ފާޑު ކިޔުންތަކަށް ޖަވާބު ދެއްވަމުން އަނާރާ މިއަދު ވިދާޅުވީ އޭނާ އަކީ ބިލުތަކުގެ ކޮމިޓީ މަރުޙަލާގައި އޭނާއަށް ފެންނަ ގޮތް ހާމަ ކުރަށްވާ މެންބަރެއް ކަމަށެވެ.

“މެޖޯރިޓީން ކަމެއް ނިންމާއިރު ދާންޖެހެނީ ޓީމާއި އެކު ކަމަށް ޤަބޫލު ކުރަން.” އަނާރާ ވިދާޅުވެފައިވެއެވެ.



އަނާރާ މިހެން ވިދާޅުވެފައިވާއިރު ކޯޓުތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބިލު ފާސްކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

މަޖިލީހުން ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު ވަކިކުރުމަށް ފާސްކޮށްފައިވާއިރު ސުޕްރީމް ކޯޓުން ގެންދަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލަ ބަލަމުންނެވެ.

ނަމަވެސް ޖޭއެސްސީން މިއަދު ވަނީ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން