މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް (ކ) މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (މ) މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ވ)
މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް (ކ) މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (މ) މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ވ)
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށައެޅި ބިލު ފާސްކުރުމަށް ސަރުކާރުގެ ކޯލިޝަން ޕާޓްނަރުން ވޯޓު ނުދެއްވާކަން ހާމަވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށައެޅި ބިލަށް މަޖިލީހުގެ ތަޅުމުގައި މިއަދު ވޯޓަށް އަހާފައިވާއިރު ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އާއި އެމްއެންޕީގެ އެއްވެސް މެންބަރަކު ތަޅުމުގައި ވަޑައިގެން ނެތެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމާއި އެމްއެންޕީގެ ލީޑަރު މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި އެމްޑީއޭގެ ލީޑަރު މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދާއި ވެލިދޫ ދާއިރާގެ މެމްބަރުން މުހައްމަދު އައްބާސް ވެސް ތަޅުމުގައި ވަޑައިގެންނެތެވެ.

މިބޭފުޅުންގެ އިތުރުން ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާންވެސް ބިލު ފާސްކުރުމަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

އެހެން ނަމަވެސް ޕީއެންސީން ވަނީ ކޯލިޝަން ޕާޓްނަރުންގެ އެހީތެރިކަމާ ނުލައި 68 މެންބަރުންގެ ތާޢީދާއެކު ކޯޓުތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް މިއަދު ފާސްކޮށްފައެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ ނުވަ މެންބަރުންނެވެ.

ސަރުކާރުގެ ކޯލިޝަން ޕާޓްނަރުން މިއަދުގެ ވޯޓުގައި ބައިވެރިވެ ވަޑައިގެންފައި ނުވާއިރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މަޖިލީހަށް ވާދަ ކުރެއްވި ދާއިރާތަކަށް ޕީއެންސީން ވާދަ ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން