ބާސެލޯނާ ދޫކޮށްލަން ބޭނުންކަމަށްބުނެ އެކަން ކްލަބަށް ހުށައެޅުމަށް ފަހު، ނިންމުން ބަދަލުކޮށް ބާސެލޯނާގައި މަޑު ކުރަން ލަޔަނަލް މެސީ ނިންމައިފިއެވެ. މެސީގެ ނިންމުން އޭނާ ހާމަކުރީ ގޯލްޑޮޓްކޮމްއަށް ދިން އިންޓަވިޔުއެއްގައެވެ. މިއާއެކު މެސީ ގެންދިއުމަށް މެންޗެސްޓަރ ސިޓީން ދެކެމުންދިޔަ ހުވަފެން ވަނީ ބިލާހަކަށް ވެފައެވެ.
އުމުރުން 33 އަހަރުގެ މެސީ ބާސެލޯނާގައި ހޭދަކުރި 20 އަހަރުގެ ކެރިއަރަށް ނިމުން ގެނެސް، އެހެން ޓީމަކާއި ގުޅެން ނިންމިކަން އިއުލާން ކުރުމުން ބާސެލޯނާ އިން ވަނީ މެސީ ދޫކޮށްލުމަށް ދެކޮޅު ހަދާފައެވެ. މީގެ ކުރިން މީޑިއާތަކުން ބުނަމުން އައީ މެސީ ހުރީ ކޯޓަށް ގޮސްގެން ނަމަވެސް ބާސެލޯނާ ދޫކޮށްލުމުގެ ކަންކަން ނިންމަން ތައްޔާރަށެވެ. އޮގަސްޓް ފަހު ހަފުތާ ތެރޭގައި މެސީގެ މި ނިންމުމާއި އެކު އޭނާ ހުށަހެޅީވެސް ހިލޭ ޓްރާންސްފާއެއްގައި ކްލަބު ބަދަލު ކުރާށެވެ. އެހެންނަމަވެސް ބާސާއަކަށް އެ ގޮތެއް ކަމަކު ނުދިޔައެވެ.
ނަމަވެސް މެސީ ގޯލްޑޮޓްކޮމް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ބާސެލޯނާ ދޫކޮށްލަން ނިންމި ނިންމުން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާގައި މަޑުކުރަން ނިންމާފައިވާ ކަމަށެވެ.
"އަހަރެންގެ އަންހެނުންނާއި ދަރިން ވެސް ބޭނުމެއް ނުވި އަހަރެން ބާސެލޯނާ ދޫކޮށްލާކަށް. އާއިލާގެ ހުރިހާ މެންބަރުން ފެށީ ރޯން. ބާސެލޯނާ ދޫކޮށް ދާކަށް އަހަރެންގެ ދަރިން ވެސް ބޭނުމެއް ނުވި." މެސީ ބުންޏެވެ.
މެސީ ބުނީ އޭނާ ބާސެލޯނާގައި މަޑުކުރަން ނިންމި ސަބަބަކީ ޓީމް ދޫކޮށްލާނަމަ އޭނާ ގެންދާ ޓީމަކުން 700 މިލިއަން ޔޫރޯ ދައްކަން ޖެހޭތީ ކަމަށެވެ. "އަހަރެން ބާސެލޯނާގައި މަޑުކުރަން ނިންމި ސަބަބަކީ ކްލަބްގެ ރައީސް އަހަރެންނަށް އަންގާފައި އެބައޮތް ޓީމް ދޫކޮށްލެވޭނީ 700 މިލިއަން ޔޫރޯ ދެއްކުމުން ކަމަށް. އެވަރުގެ އަދަދެއް އެއްވެސް ޓީމަކުން ދެއްކުން އެއީ ވާނެ ކަމެއް ނޫން." މެސީ ބުންޏެވެ.
ގޯލްޑޮޓްކޮމްއާ ވާހަކަ ދައްކަމުން މެސީ ބުނީ އަންނަ ސީޒަންގެ ނިޔަލަށް ބާސެލޯނާގައި މަޑު ކުރާނެ ކަމަށެވެ. މި ގޮތަށް ނިންމި މައިގަނޑު ސަބަބެއް ކަމަށް މެސީ ބުނީ ކޮންޓްރެކްޓްގެ މާއްދާއަކާ މެދު އުފެދުނު ނުތަނަވަސްކަމެއްގައި ބާސެލޯނާ ގޮވައިގެން ކޯޓަށް ދާން ބޭނުން ނުވުމުވެ.
"އަހަންނަށް އޮތް ފުރުސަތު ކޯޓަށް ހުށަހަޅައިގެން ކުރިއަށްދާން. އެކަމަކު އަހަރެން ލޯބިވާ ކްލަބް ބާސެލޯނާ ގޮވައިގެން ކޯޓަށް ދާން ދުވަހަކު ވެސް ބޭނުމެއް ނޫން. އަހަންނަށް މި ދިރިއުޅުން ހޯދައިދިނީ މި ކްލަބުން. އަދި އަހަރެން މި ކްލަބަށް ވެސް ހުރިހާ ކަމެއް އެންމެ ރަނގަޅަށް ކޮށްދިނިން. އަހަރެންގެ ހިތަށް އެއްވެސް އިރެއްގައި ނާރާ ބާސެލޯނާ ގޮވައިގެން ކޯޓަށް ދާން،" 20 އަހަރު ބާސެލޯނާގައި ހޭދަކޮށްފައިވާ މެސީ ބުންޏެވެ.
އާ ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާގެ ޕްރެކްޓިސްތައް ފަށާފައިވާއިރު، މެސީ އަދި ޕްރެކްޓިހުގައި ބައިވެރިއެއްނުވެ އެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މެސީ ބާސެލޯނާގެ ޕްރެކްޓިހުގައި ބައިވެރިވާނެއެވެ.

🚨 WORLD EXCLUSIVE 🚨
— Goal (@goal) September 4, 2020
Lionel Messi will NOT be leaving Barcelona, we can confirm.
We sat down with the man himself to clear up a few things 🐐
Here's what he had to say: pic.twitter.com/NfnhGpZpXc
ގޯލްޑޮޓްކޮމްއާ ވާހަކަ ދައްކަމުން މެސީ ބުނީ އަންނަ ސީޒަންގެ ނިޔަލަށް ބާސެލޯނާގައި މަޑު ކުރާނެ ކަމަށެވެ. މި ގޮތަށް ނިންމި މައިގަނޑު ސަބަބެއް ކަމަށް މެސީ ބުނީ ކޮންޓްރެކްޓްގެ މާއްދާއަކާ މެދު އުފެދުނު ނުތަނަވަސްކަމެއްގައި ބާސެލޯނާ ގޮވައިގެން ކޯޓަށް ދާން ބޭނުން ނުވުމުވެ.
"އަހަންނަށް އޮތް ފުރުސަތު ކޯޓަށް ހުށަހަޅައިގެން ކުރިއަށްދާން. އެކަމަކު އަހަރެން ލޯބިވާ ކްލަބް ބާސެލޯނާ ގޮވައިގެން ކޯޓަށް ދާން ދުވަހަކު ވެސް ބޭނުމެއް ނޫން. އަހަންނަށް މި ދިރިއުޅުން ހޯދައިދިނީ މި ކްލަބުން. އަދި އަހަރެން މި ކްލަބަށް ވެސް ހުރިހާ ކަމެއް އެންމެ ރަނގަޅަށް ކޮށްދިނިން. އަހަރެންގެ ހިތަށް އެއްވެސް އިރެއްގައި ނާރާ ބާސެލޯނާ ގޮވައިގެން ކޯޓަށް ދާން،" 20 އަހަރު ބާސެލޯނާގައި ހޭދަކޮށްފައިވާ މެސީ ބުންޏެވެ.
އާ ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާގެ ޕްރެކްޓިސްތައް ފަށާފައިވާއިރު، މެސީ އަދި ޕްރެކްޓިހުގައި ބައިވެރިއެއްނުވެ އެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މެސީ ބާސެލޯނާގެ ޕްރެކްޓިހުގައި ބައިވެރިވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު