ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫ ރައްޔިތުން އިހުތިޖާޖު ކުރަނީ- ފޮޓޯ: ގޫގުލް
ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫ ރައްޔިތުން އިހުތިޖާޖު ކުރަނީ- ފޮޓޯ: ގޫގުލް
ނ. ހޮޅުދޫގައި ކުރިއަށްދިޔަ އިހުތިޖާޖެއްގެ ތެރެއިން ފުލުހަކަށް ހަމަލާ ދިން ދެމީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އަދި ކޯޓު އަމުރުގެ ދަށުން އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ މިއަދު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ހޮޅުދޫގައި އިހުތިޖާޖު ކޮށްފައިވަނީ މީގެ ފަސް މަސް ދުވަސް ކުރިން ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު، މާރަނގަ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ އާ ގުޅިގެންނެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފަ އެއް ނުވެއެވެ. އަދި އޭނާގެ މަރާ ގުޅިގެން އެއްވެސް މީހަކަށް އަދި ތުހުމަތުކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އެހެން ނަމަވެސް ހޮޅުދޫގެ ގިނަ ރައްޔިތުން ބުނަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ހޮޅުދޫގެ ރައްޔިތުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން