ބާސެލޯނާގެ ލުއިސް ސުއާރޭޒް (ވ). އާއި ކުޓީނިއޯ (ކ).
ބާސެލޯނާގެ ލުއިސް ސުއާރޭޒް (ވ). އާއި ކުޓީނިއޯ (ކ).
ބާސެލޯނާގެ ތަރި ލުއިޒް ސުއަރޭޒް އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވުމުގެ ހުރިހާކަމެއް ނިމިފައިވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

2014 ވަނަ އަހަރު ބާސެލޯނާއާއި ގުޅުނު ސުއަރޭޒްގެ ކޮންޓްރެކްޓުގައި އަދި ބާކީ އެއް އަހަރު އެބަ އޮތެވެ. ނަމަވެސް 2020-21 ސީޒަނުގައި ބާރސެލޯނާގެ 60 އިންސައްތަ މެޗު ސުއަރޭޒް ކުޅެފި ނަމަ ކޮންޓްރެކްޓު އާ ކުރަން ސުއަރޭޒް އަށް މަޖުބޫރު ވާނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސުއަރޭޒް އިޓަލީ އަށް ބަދަލުވާނަމަ އިޓަލީގެ ރައްޔިތަކަށް ވުމަށް ހަދަން ޖެހޭ ޓެސްޓުން ފާސް ވާން ޖެހޭނެއެވެ. ސުއަރޭޒް އަތުގައި މިހާރު އޮންނަނީ އުރުގުއޭ ޕާސްޕޯޓެކެވެ. ލިވަޕޫލުން 74 މިލިޔަން ޕައުންޑަށް ބާސެލޯނާއާ ގުޅުނު ފަހުން ސުއަރޭޒް ވަނީ ބާސާއަށް 283 މެޗު ކުޅެ 198 ގޯލު ޖަހާފައެވެ. ނަމަވެސް މިދިޔަ ސީޒަން ބާސެލޯނާ ނިންމާލަން ޖެހުނީ އެއްވެސް ތައްޓެއް ނުލިބެ ހުސް އަތާއެވެ.

މީގެ އިތުރުން ބަޔާން މިއުނިކާއެކު ބާސެލޯނާ ބަލިކުރިތާ 21 ދުވަސް ފަހުން ފިލިޕޭ ކުޓީނިއޯ ވަނީ އެނބުރި ބާސެލޯނާގެ ފަރިތަކުރުންތަކާ ގުޅިފައެވެ. މީގެ 21 ދުވަސް ކުރިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކާއި ބާރސެލޯނާ ބައްދަލުކުރި މެޗު 8-2 ގެ ނަތީޖާއަކުން ބަޔާން ވަނީ ބާސާ ލަދު ގަންނަވާލާފަ އެވެ. މި މެޗުގައި ކުޓީނިއޯ ވަނީ ބާސާ ކޮޅަށް ދެ ލަނޑު ޖަހާ އެއް އެސިސްޓު ހަދާފައެވެ.

މި ސީޒަނަށް ފަހު ކުޓީނިއޯ ބާސާ ދޫކޮށް ދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ. އަދި ގިނަ ކުލަބުތަކުން ކުޓީނިއޯ ހޯދުމުގެ މަސައްކަތްވެސް ކުރިއެވެ. މީގެ ތެރޭގައި ޗެލްސީ އާއި، އާސެނަލް އާއި، ޓޮޓެންހަމް އާއި، ލެސްޓަރ އަދި ނިއު ކާސަލް ވެސް ހިމެނެ އެވެ.

ބާސާގެ ގިނަ ކުޅުންތެރިންތަކެއް ކުލަބު ދޫކޮށް ދިޔުމާއި ގުޅިގެން ކޯޗު ކޫމަން ފުރަތަމަ އެގާރައިން ކުޓީނިއޯ އަށް ޖާގަ ދޭނެ ކަމަށް ބެލެވެއެވެ.



މިފަހަރުގެ ޓްރާންސްފަރ ބާޒާރުގައި ޙަރަކާތްތެރިކޮށް ފެންނަ ޗެލްސީން ވަނީ ޖަރުމަނުގެ 21 އަހަރުގެ ކައި ހަވާޓްޒް ގެ ސޮއި ހޯދާފައެވެ. ހަވާޓްޒް ބެޔާ ލެވަކޫސަން އިން ޗެލްސީއަށް ގެންގޮސްފައި ވަނީ 71 މިލިޔަން ޕައުންޑަށެވެ.

ހަވާޓްޒް ވަނީ މިދިޔަ ސީޒަނުގައި ބުންޑަސްލީގާ ގައި ބެޔާ ލެވަކޫސަން އަށް 45 މެޗު ކުޅެދީ 18 ގޯލު ޖަހާފައެވެ. ޖަރުމަނުގެ ގައުމީ ޓީމަށް 7 މެޗު ކުޅެދީފައިވާ ހަވާރޓްޒް އަކީ ޗެލްސީއަށް މި ޓްރާންސްފާގައި ސޮއި ކުރި 6 ވަނަ ކުޅުންތެރިޔާ އެވެ. ލަމްޕާޑް ވަނީ ޒިޔެޗް އާއި ވާނާ އާއި ތިއާގޯ ސިލްވާ އާއި ބެން ޗިލްވެލް އަދި މަލަންގް ސާރ ވެސް ގެނެސްފައެވެ.

މީގެ ކުރިން ބެޔާ ލެވަކޫސަން ނޫން އެހެން ޓީމަކަށް ކުޅެފައިނުވާ ކައި ހަވާޓްޒް ވަނީ ބުންޑަސްލީގާގައި 118 މެޗު ކުޅެ 36 ގޯލާއި 25 އެސިސްޓް ހަދާފައެވެ. ހަވާޓްޒް ފުރަތަމަ ބުންޑަސް ލީގާއިން ފެނިފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން