އިނގިރޭސިވިލާތުގެ މުސްލިމުންތަކެއް--
އިނގިރޭސިވިލާތުގެ މުސްލިމުންތަކެއް--
އިނގިރޭސިވިލާުތުގައި މިސްކިތްތަކަށް ދޭ ހަމަލާތައް އިތުރުވެ ފުލުހުން މިސްކިތްތަކަށް ހާއްސަ ސެކިއުރިޓީ ދޭން އެ ގައުމުގެ މުސްލިމުން ގޮވާލަން ފަށައިފި އެވެ.

މިސްކިތްތަކަށް ދޭ ހަމަލާތަކާ ގުޅިގެން އިނގިރެސިވިލާތުގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ އިރު ލަންޑަންގެ މިސްކިތެއްގެ ދޮރުތަކުގައި އިސްލާމް ދީން ހުއްޓަވަން ވޮވާލާ މިދިޔަ މަހު ބަޔަކު ލިޔެފައި ވެއެވެ.

އެހެންވެ ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވެސް ވުމާއެކު މިސްކިތްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން ތިބުން މުހިންމުކަމަށް ޔޫކޭގެ މުސްލިމުން ދަނީ ބުނަމުން ނެވެ.

އިނިގިރޭސިވިލާތުގެ މިސްކިތެއްގައި ކުޑަކުދިންނަށް ކިޔަވައިދިނުމުގެ ކަންކަން ބަލަހައްޓާ މަންޒޫރު ހުސެއިން ނަމަކަށް ކިޔާ މީހަކު ބުނީ މިސްކިތްތަކުގެ އިތުރުން ގޭގެއަށް ވެސް ހަމަލާތައް އަމާޒުވެފައިވާ ކަމަށެވެ.

"ފަހަރެއްގައި ދެން އަމާޒުވާ ހަމަލާތައް މާބޮޑަށް ވަރުގަދަވެދާނެ. އަޅުގަނޑުމެން ނަމާދަށް ތިއްބައި އައިސް މިސްކިތުގައި ރޯވެސްކޮށްލަފާނެ." މަންޒާރު ބުންޏެވެ.

އިނގިރޭސިވިލާތުގެ ފުލުހުން ބުނީ މިސްކިތްތަކަަށް ދޭ ހަމަލާތައް މިހާރު ބަލަމުންދާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި އެނގިފައެއް ނެތެެވެ.

މިސްކިތްތަކަށް ދޭ ހަމަލާތަކާ ގުޅިގެން އިނގިރޭސިވިލާތުގެ ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ހަމާލާ އަމާޒުވި މިސްކިތްތަކަށް ޒިޔާރަތްކުރައްވައި ހަމްދަރުދީ ފާޅުކުރައްވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން