ބްރޭޒީލިއަން ޗޮކޮލެޓް ބޯލްސް (ބްރިގަދެއިރޯ) ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:
1 ދަޅު ގެރިކިރު
4 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރ
2 މޭޒުމަތީ ސަމްސާ ބަޓަރު ނުވަތަ ބޭނުންވާވަރަށް
އިނގިލި ކުރިން ކުޑަ ލޮނުކޮޅެއް (އަ ޕިންޗް އޮފް ސޯލްޓް)
ޗޮކޮލެޓް ސްޕްރިންކްލްސް
ބްރޭޒީލިއަން ޗޮކޮލެޓް ބޯލްސް (ބްރިގަދެއިރޯ) ތައްޔާރުކުރާނެގޮތް:
ބްރޭޒީލިއަން ޗޮކޮލެޓް ބޯލްސް ތައްޔާރު ކުރުމަށް ފުރަތަމަ ކުޑަ ތެއްޔަކަށް ގެރިކިރާއެކު، ކޮކޯ ޕައުޑަރ، ލޮނު ކޮޅެއް އަދި 2 މޭޒުމަތީ ސަމްސާ ބަޓަރުކޮޅު އެއްކޮށްލާށެވެ. ދެން އުނދުން މައްޗަށް އުދާލާށެވެ. މިކަން ކުރާއިރު، އުނދުނުގެ ހޫނުމިން ބަހައްޓަންވާނީ މީޑިއަމް ޓު ލޯ ހީޓް ގައެވެ. އަދި ތެލި ހޫނުވަމުންދާވަރަކަށް ދޭފަތަކުން ގެރިކިރާއި، ކޮކޯޕައުޑަރ އާއެކު ދެން އެޅި އެއްޗެހިކޮޅު ރަނގަޅަށް މިކްސް ކުރަމުންދާށެވެ. ދޭފަތުން ހަލަން އުނދަގޫވާވަރަށް ހަރުވީމާ، އުނދުން މަތިން ބާލައި، ހީހޫކުރަން ބަހައްޓާށެވެ. ހިހޫވީމާ އަތުގައި ބަޓަރުކޮޅެއް އުނގުޅުމަށްފަހު ޗޮކޮލެޓް ބޯލްސް ތައްޔާރުކުރަން ގުޅަ ޖަހާށެވެ. ދެން ތައްޓަކަށް ސްޕްރިންކްލްސް އެޅުމަށްފަހު، އޭގެ ތެރެއަށް ޗޮކޮލެޓް ބޯލް ލައި އޭގެ ވަށައިގެން ސްޕްރިންކްލްސް ތަތްކޮށްލާށެވެ. މިހާރު މިހުރީ ބްރޭޒީލިއަން ޗޮކޮލެޓް ބޯލްސް ކެއުމަށް ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު