އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި އިންތިހާއަށް ތަޣައްޔަރުވެފައިވާތީ, މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން، 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ވެހިކަލްތަކަށް ތެޔޮ އަޅައިދިނުން ހުއްޓާލަން ނިންމައިފި އެވެ.
އިންޑިއާގެ އެންވަޔަރަމަންޓް މިނިސްޓަރު މަންޖިންދަރު ސިންގް ސިރުސާ މިކަން އިއުލާންކުރެއްވީ އިއްޔެ އެވެ.
މިނިސްޓަރު ވިދާޅުވީ މިކަން ތަންފީޒުކުރުމުގެ ގޮތުން ދުވަސްވީ ވެހިކަލްތައް ދެނެގަވެނޭވެ ޑިވައިސްތައް ޕެޓްރޯލް ސްޓޭޝަންތަކުގައި ހަރުކުރާނެ ކަމަށެވެ.
އޭގެ އިތުރުން ވައި ތަޣައްޔަރުވުން ކުޑަކުރަން އުސް އިމާރާތްތަކުފައި "އެންޓި ސްމޮގް ގަން" ހަރުކުރަންވެސް އަންގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ދިއްލީ ފެހި ކުރަން ކޮންމެ އަހަރަކު ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަންވެސް ވަނީ ނިންމައިފަ އެވެ.
ދިއްލީއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ އެއް ސިޓީ އެވެ.
އެގޮތުން މިދިޔަ އަހަރު ވެސް 157 ދުވަހު އިންތިހާއަށް ވައިގެ ކޮލިޓީ ތަޣައްޔަރުވުމުގެ މައްސަލަަ ދިމާވި އެވެ.
ތިރީސް ތިން މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ދިއްލީއަކީ ދުނިޔޭގައި ދެވަނަ އަަށް އެންމެ ބައިބޯ ސިޓީ އެވެ.

ކިޔުންތެރިންގެ ހިޔާލު