ޗިކަން 65 ތައްޔާރުކުރުމަށް ކުކުޅު މެރިނޭޓް ކުރުމަށް ބޭނުންވާނެ ތަކެތި:
500ގ ބޯންލެސް ޗިކަން ކިއުބްކޮށް ކޮށާފައި
1/4 ކަޕް ކަރޑް (ޕްލެއިން ޔޯގަޓް)
1 މޭޒުމަތީ ސަމްސާ ލޮނުމެދު ޕޭސްޓް
1/4 ސައިސަމުސާ ރީނދޫ
1 ސައިސަމުސާ މުގުރި މިރުސް (ކަޝްމީރީ ރެޑް ޗިލީ ޕައުޑަރ)
1 ސައިސަމުސާ ކޮރިއެންޑާ ޕައުޑާ
1/2 ސައިސަމުސާ ޖީރާ ޕައުޑަރ
1 ސައިސަމުސާ ހަކުރު
3/4 ސައިސަމުސާ ލޮނު
2 ކޯޅި ހިކަނދި ފަތް (ކުދިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ހަނޑޫ ފުށް (ހިމުންކޮށް ހުންނަ ހަނޑޫފުއް)
3 މޭޒުމަތީ ސަމުސާ ކޯންފްލަރ
ކުކުޅު ތެއްލާއިރު ބޭނުންވާނެ ތަކެތި:
ތެޔޮ (ކުކުޅު ތެއްލުމަށް)
1 މޭޒުމަތީ ސަމުސާ ލޮނުމެދު ތުނިކޮށް ޗޮޕްކޮށްފަ
1 މޭޒުމަތީ އިނގުރު ތުނިކޮށް ޗޮޕްކޮށްފަ
5 ގްރީން ޗިލީ (ފެހި ތޮޅި މިރުސް)
1 މޭޒުމަތީ ސަމުސާ މުގުރި މިރުސް (ރެޑް ޗިލީ ޕައުޑަރ)
2 ކޯޅި ހިކަނދިފަތް
ޗިކަން 65 ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކޮށާފައި ހުރި ކުކުޅު މެރިނޭޓް ކުރުމަށް ބޭނުންވާ ހަނޑޫފުށް އަދި ކޯންފްލަރ ފިޔަވާ ދެން ހުރި ހުރިހާ ތަކެއްޗާއެކު މިކްސްކޮށްލާށެވެ. ކުކުޅު މެރިނޭޓް ކުރާއިރު، ގިނަވަގުތު ބެހެއްޓުމުން ކުކުޅު މަހަށް ރަހަގަނޑު ވަދެ މީރުކަން ގެނެސްދޭނެއެވެ. އެހެންކަމުން ރޭގަނޑު ކުކުޅު މެރިނޭޓް ކުރަން ނުވަތަ މަދުވެގެން 1 ގަޑިއިރު ކުކުޅު މެރިނޭޓް ކުރަން ބަހައްޓަން މުހިންމެވެ.
ކުކުޅު މެރިނޭޓްކޮށް ތެއްލަން ތައްޔާރުވާއިރު، ތެއްލަން 10 މިނެޓް ކުރިން ހަނޑޫ ފުށާއި، ކޯން ފްލަރ، މެރިނޭޓްކޮށްފަ ހުރި ކުކުޅާ އެއްކޮށްލާށެވެ. ދެން ތެއްޔަކަށް ތެޔޮ އެޅުމަށްފަހު އުނދުން މައްޗަށް އުދައި، ކުކުޅު ޑީޕް ފްރައި ކުރަން ތައްޔާރުކޮށްލާށެވެ. ތެޔޮ އެތި ހޫނުވުމުން ކުކުޅު ތެއްލަން ފަށާށެވެ. ކުކުޅު ތެއްލާއިރު ގަދަ ރަތްކުލަ އަރައި މުރަނަވެ ނުވަތަ ކުކުޅު ހަރުވެލަން ދެން ޑީޕް ފްރައި ކޮށްލަން ވާނެއެވެ.
ކުކުޅު ތެއްލާ ނިމުމުން، ތެލުން ނަގައި ޓިޝޫ އެޅި ތައްޓެއްގައި ބަހައްޓާށެވެ. އެއަށްފަހު އެހެން ތެއްޔެއްގައި 3 މޭޒުމަތީ ސަމުސާ ތެޔޮ ކޮޅެއް އަޅައި ހޫނުކޮށްލާށެވެ. އުނދުނުގެ ގިނި މަޑުކޮށް ބަހައްޓައި ތެޔޮކޮޅު ހޫނުވުމުން ލޮނުމެދު، އިނގުރު، މިރުސް އަދި ހިކަނދިފަތް އަޅައި (ރިހަ އެއްޗެހި ކައްކަން ފިޔާ މީރު ކުރާހެން) ތެއްލާލާށެވެ. ދެން ރެޑް ޗިލީ ނުވަތަ މުގުރި މިރުސް ކޮޅު އެއްކޮށްލުމަށްފަހު، އުނދުނުގެ ގިނި ގަދަކޮށްލައި، ތެއްލާފައި ހުރި ކުކުޅުކޮށް އެއްކޮށްލައި ފްރައި ކޮށްލާށެވެ. މިހާރު މިހުރީ ޗިކަން 65 ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު