އިއްޔެ ކުރި ވަރުގަދަ ވިއްސާރައިގައި ފެންބޮޑުވެ ނަޖިސް ބޭރުވުމުގެ ސަބަބުން މާލޭގެ ހަތަރު ގެއެއްގެ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ ނަޖިސް ބޭރުވެގެން ހަަތަރު ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކުރި ކަމަށެވެ.
އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވެ ނަޖިސް ބޭރުވީ ހަމައެކަނި މާލޭގައި އެކަންޏެއް ނޫނެވެ. އެގޮތުން ކ. ތުލުސްދޫގައި ވެސް ފެންބޮޑުވެ ބައެއް ގެތަކުން ނަޖިސް ބޭރުވިކަމަށް ރިޕޯޓްކުރި ކަމަށް އެންޑީއެމްއޭއިން ބުނެފައި ވެވެ.
އިއްޔެ ކުރި ވިއްސާރައިގައި މުޅި މާލެ އެއްކޮށްހެން އޮތީ ފެންބޮޑުވެފަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އިއްޔެ މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ 967 ވެލި ބަސްތަ ވަނީ ޖަހައިދީފަ އެވެ.
މާލޭގައި ފެންބޮޑުވި ސަރަހައްދުތަކުން ފެން ހިންދައި މިހާރު ވަނީ އާންމު ހާލަތަަށް ގެނެސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު