މަސްތުވާތަކެއްޗާއެކު ބަނގުލަދޭޝްއިން އަތުލައިގަތް މީހާ--
މަސްތުވާތަކެއްޗާއެކު ބަނގުލަދޭޝްއިން އަތުލައިގަތް މީހާ--
ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ބަނގުލަދޭޝްއިން އަތުލައިގަނެ މީހަކު ހައްޔަރުކޮށްފި އެވެ.

ބަނގުލަދޭޝްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ ރާއްޖެއަށް ދަޔުރުކުރަން އުޅުނު މީހެއްގެ ލަގެޖު، އޭވިއޭޝަން ސެކިއުރިޓީން ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ލަގެޖު ބަލާ ފާސްކުރި އިރު 8400 ޔާބާ ގުޅަ ފެނުނު ކަމަށް ވެސް ބަނގުލަދޭޝްގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. ޔާބާއަކީ މެތައެމްފެޓަމިންއާއި ކެފެއިންއިން ހަދާފައި ހުންނަ މަސްތުވާތަކެތީގެ ބާވަތެކެވެ.

މަސްތުވާތަކެއްޗާއެކު އަތުލައިގަތް މީހާ ނާކޮޓިކްސް ޑިޕާޓްމަންޓްއާ ފަހުން ވަނީ ހަވާލުކޮށްފަ އެވެ.

ބެލެވޭ ގޮޮތުގައި އަތުލައިގަތް ޔާބާ ގުޅަތަކުގެ އަގު އެތައް މިލިއަން ރުފިޔާއަށް އަރާނެ އެވެ.

ޔާބާއަކީ ނާޒީން ޖަރުމަނުގައި ވެރިކަން ކުރި އިރު އުފެއްދި މަސްތުވާތަކެތީގެ ބާވަތެކެވެ. ނަމަވެސް މިހާރު އެތަކެތި ބޮޑަށް އުފައްދަނީ ބަނގުލަދޭޝްއާ އިންވެގެން އޮންނަ މިޔަންމާގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން