އަހުޒަމް އަޙްމަދު   3 މާރިޗު 2025 - 10:13
ބަޔަކު ރޯދަ ވީއްލަނީ
ބަޔަކު ރޯދަ ވީއްލަނީ
އާންމުކޮށް މީލާދީ އަހަރެއްގެ ތެރޭގައި ރޯދަ މަސް އަންނަނީ އަހަރަކު އެއް ފަހަރު އެވެ. މީލާދީ އަހަރުގެ އެކި މަސްތަކާއި ރޯދަމަސް ދިމާވި ނަމަވެސް އެއް އަހަރުގެ ތެރޭގައި ދެ ރޯދަމަސް އަންނަ ވާހަކައަކީ އެހާ އާންމު ވާހަކައެއް ނޫނެވެ. ނަމަވެސް އެއީވެސް ދުނިޔެ ދައުރުވެ ބުރުޖަހަމުންދާއިރު ހިނގާ ކަމެކެވެ. އެގޮތުން 2030 ވެެގެން ދާނީ އެފަދަ މުޅިން ތަފާތު އަހަރަކަށެވެ.

2030 ގައި ރޯދަ މަސް އަޅުގަނޑުމެންނާ ދެ ފަހަރު ބައްދަލުކުރާނެ އެވެ. އެއީ 2030 ގެ ޖެނުއަރީ މަހާއި ޑިސެމްބަރު މަހުގަ އެވެ.

އެގޮތަށް ދިމާވަނީ އިސްލާމީ ކަލަންޑަރާއި މީލާދީ ކަލަންޑަރާ ދެމެދުގައި ހުންނަ ތަފާތުގެ ސަބަބުންނެވެ.

އެގޮތުން ހިޖުރީ ކަލަންޑަރަކީ ހަނދުގެ ބަދަލުވުންތަކުގެ މައްޗަށް ބިނާވެފައި އޮންނަ ކަލަންޑަރަކަށްވާއިރު މީލާދީ ކަލަންޑަރު ބިނާވެފައި އޮންނަނީ އިރުގެ އެނބުރުންތަކުގެ މައްޗަށެެވެ. އެހެންވެ ހިޖުރީ އަހަރުތައް މީލާދީ އަހަރުތަކަށް ވުރެ 11 ދުވަސް ކުރެވެ.

އެހެންކަމުން ކޮންމެ 33 އަހަރަކުން އެއްފަހަރު މީލާދީ އެއް އަހަރުގެ ތެރޭގައި ރޯދަ މަސް ދެ ފަހަރު އަންނާނެ އެވެ.

އެންމެ ފަހުން އެއް އަހަރެއްގެ ތެރޭގައި ދެ ރޯދަ މަސް އައީ 1997 ވަނަ އަހަރުގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން