ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް
ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ މެދު ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން މިއަދު ވަކިކޮށްފައިވަނީ އެސްއޯއީތަކުގެ ޚިޔާނާތުން މަންފާވާ ބައެއްގެ ޕްރެޝަރަށް ކަމަށް އޭނާ ތުހުމަތު ކުރަށްވައިފިއެވެ.

އަޒާން އާއި ޙަވާލާދީ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި މިއަދު ރިޕޯޓް ކޮށްފައިވަނީ މަޖިލީހުގެ ބޮޑެތި ކޮމިޓީތަކުން އޭނާ ވަކިކުރީ އެ ކޮމިޓީތަކުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚިޔާނާތްތައް ބަލަމުންދާތީ ކަމަށެވެ. އެގޮތުން ނުފޫޒު ގަދަ އަދި ޚިޔާނާތްތަކުން މަންފާވާ ބައެއްގެ އަތް އެކަމުގެ ފަހަތުގައިވާކަމަށް އަޒާން ތުހުމަތު ކުރަށްވާފައިވެއެވެ.

އެގޮތުން އަޒާން ވިދާޅުވެފައިވަނީ އެސްއީއޯތަކުގެ ޕްރޮކިއުމަންޓުގެ ކަންކަން ދިރާސާ ކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ފަށަައި ފާއިތުވީ އެއް އަހަރުގެ ކުންފުނިތަކުގެ ޕްރޮކިއުމަންޓް މައުލޫމާތު ފޮނުވަން އެދިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ދިރާސާކުރަން ފެށި ވެމްކޯގެ ޕްރޮކިއުމަންޓް މައުލޫމާތުން އެކުންފުނިން މިދިޔަ އަހަރު ކުއްޔަށް ތަކެތި ނަގަން 65 މިލިއަން ހަރަދުކޮށްފައިވާ ކަމަށް ދައްކާ ކަމަށް އަޒާން ވިދާޅުވެފައިވެއެވެ.

ކޮމިޓީތަކުން ވަކިކުރި ނަމަވެސް އެފަދަ މައްސަލަތަކުގައި ދެންވެސް ކުރެވޭނެ ކަންތައްތައް ހުންނާނެ ކަމަށާއި ފަސްނުޖެހި އެކަންކަމަށް ޖަވާބުދާރީ ކުރުވަންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށްވެސް އަޒާން ވިދާޅުވިއެވެ.

“އެކި ދިމަދިމާލުން ޕްރެޝަރު އާދޭ ނުބަލަން. ހާއްސަކޮށް މިކަންކަމުން އެކި ގޮތްގޮތުން ނަފާވާ މީހުން.” އަޒާން އާއި ޙަވާލާދީ އޮންލައިން މީޑިއާއެއްގައި ރިޕޯޓް ކޮށްފައިވެއެވެ.

އަޒާން މިބީދައިން ވިދާޅުވެފައިވާއިރު މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އަަޒާން ވަކިކޮށް ޕެޓިޝަން ކޮމިޓީއާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް އޭނާ ބަދަލު ކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން އަޒާން ވަކިކޮށްފައިވާއިރު އޭނާއާ ސަރުކާރާ ދެމެދު ގުޅުން ގޯސްވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ފާސްކުރި ބިލަށް ވޯޓު ނުދިނުމުންނެވެ. އެ މައްސަލައިގައި އޭނާ ވަނީ ޕީއެންސީގެ ވަޓްސްއަޕް ގްރޫޕުންވެސް ބޭރުކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން