ސްރީލަންކަން ފިޝް ކަޓްލެޓްސް ތައްޔާރުކޮށްލުމަށް ބޭނުންވާނެ ތަކެތި:

400ގ އަލުވި ފެނުކައްކާފަ

3 ދަޅު މަސް

2 ސައިސަމުސާ ތެޔޮ

1/4 ސައިސަމުސާ މަސްޓަރޑް ސީޑް

1/2 ސައިސަމުސާ ދަވިއްގަނދު

1 މޭޒުމަތީ ސަމުސާ އިނގުރު (ޗަސްކޮށްފަ)

2 ކޯޅި ހިކަނދިފަތް ކުދިކޮށް ކޮށާފައި

1/2 ކަޕް ފިޔަ ޗޮޕްކޮށް ކޮށާފައި

3 ތޮޅި މިރުސް (ކުދި ކޮށް ޗޮޕްކޮށްފަ)

1 ސައިސަމުސާ ލޮނު

1/4 ސައިސަމުސާ ރީނދޫ

1 ސައިސަމުސާ މުގުރި އަސޭމިރުސް

އެއްފަޅި ލުނބޮލުގެ ހުތް

ފިޝް ކަޓްލެޓްސް ތެއްލަން ތައްޔާރުކޮށްލުމަށް ބޭނުންވާނެ ތަކެތި:

1 ބިސް

ކުޑަ ލޮނުކޮޅެއް

2 މޭޒު މަތީ ސަމުސާ ކިރު (ޕެކެޓް ކިރު ނުވަތަ ގިރާފައި)

2 ކަޕް ފާރޮށި ކުނޑި

ތެއްލުލުމަށް ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ފެނުކެއްކި އަލުވި ޗަސްކޮށްލާށެވެ. ދެން އުނދުން މަތީ ކުޑަ ތަވައެއްގައި ތެޔޮކޮޅެއް ހޫނުކޮށްލައި އޭގެ ތެރޭގައި މަސްޓަރޑް ސީޑް، ދަވިއްގަނދު، އިނގުރު އަދި ހިކަނދި ފަތް ކޮޅު އަޅައި ކުޑަ އިރުކޮޅަކު ރޯފިލުވާލާށެވެ. ދެން ފިޔާ، މިރުސް އަދި ލޮނުކޮޅެއް އަޅައި އެއްކޮށްލާ ފިޔާ މީރުކޮށްލާށެވެ. ފިޔާ މީރުވުމުން ރީނދޫ އަދި އަސޭމިރުސް އެއްކޮށްލާށެވެ. ދެން ޗަސްކޮށްފައި ހުރި އަލުވިކޮޅު އެއްކޮށްލާށެވެ. އެއަށްފަހު މަސްދަޅުތައް އެއްކޮށްލައި ލުނބޯހުތްކޮޅެއްވެސް އެޅުމަށްފަހު މަސްގަނޑު ރީއްޗަށް މިކްސްކޮށްލައި ލޮނުހެޔޮވަރުކޮށްލާށެވެ. ދެން އުނދުންމަތިން ބާލައި، ހިހޫވުމުން ގުޅަ ޖަހާށެވެ.

ފިޝްކަޓްލަޓްސް ތެލުލަން ތައްޔާރުކުރުމަށް، ފުރަތަމަ ތައްޓަކަށް ބިސްތަޅާލައި ލޮނު ކޮޅާއި ކިރުކޮޅު އަޅާލައި އެއްކޮށްލާށެވެ. ދެން ފާރޮށި ކުނޑިވެސް ތައްޓަކަށް އަޅައި ތައްޔާރުކޮށްލާށެވެ. އެއަށްފަހު ތައްޔާރުކޮށްފަހުރި ކަޓްލަޓް މަސްގަނޑު ގުޅަތައް ރީޗަށް ބިހަށް ލުމަށްފަހު ފާރޮށި ކުނޑިން ކޯޓް ކޮށްލާށެވެ. ފާރޮށި ކުނޑިން ކޯޓް ކޮށްލުމަށްފަހު 30 މިނިޓް ބަހައްޓާލާފަ ތެލުލަން ފަށާށެވެ. ކުލަ ރީތިވެލަން ދެން ތެއްލާލީމާ މިހާރު ހުންނާނީ ކަޓްލަޓްސް ތައްޔާރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން