މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ 65 އިންސައްތަ ކުށްވެރިންނަކީ ކުށް ތަކުރާރުކޮށްގެން ބަންދުގައި ތިބި މީހުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނާއި އެ ގައިދީންގެ އާއިލާތަކަށް ހާއްސަކޮށްގެން ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ތަކުރާރުކޮށް ކުށްކުރާ މައްސަލަ ހައްލުކޮށް ވަށާޖެހޭ ގޮތެއްގައި ކަންކަން ބައްޓަންކުރުން ކަމަށެވެ.
ޒަރީރު ވިދާޅުވީ ރާއްޖޭގެ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ގައިދީންނަށް ދެވެން އޮންނަ ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ދާކަމަށެވެ. އަދި އެ ފަރާތްތަކާއި އާއިލާތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ބާރުއަޅުއްވާ ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
އެގޮތުން ގައިދީން ރިހެބިލިޓޭޓްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކިޔަވައިދޭ ތަކެއްޗާއި ނަގައިދޭ ފިލާވަޅުތަކާއެކު، އާއިލާއިން ގައިދީންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަކީވެސް މުހިންމު ކަމެއް ކަމަށް ޒަރީރު ވަނީ ވިދާޅުވެފައެވެ.
ހުޅުމާލެ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ގައިދީންނާއި އާއިލާތަކަށް ބޭއްވި ހަރަކާތަކީ ގައިދީންގެ ރިހެބިލިޓޭޝަނަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ޖަލުން އިސްނަގައިގެން ހިންގި ހަރަކާތެކެވެ. މި ހަރަކާތަށް ބޮޑު އެއްބާރުލުމެއް ލިބި، ކާމިޔާބު ވުމުގެ ސަބަބުން މިފަދަ އިތުރު ހަރަކާތްތައް މުސްތަގްބަލުގައި ހިންގުމަށް ކަރެކްޝަނަލް ސަރވިސުންވަނީ ރާވާފައެވެ.

ކިޔުންތެރިންގެ ހިޔާލު