އިސްތަށިގަނޑު ދިގުކޮށް، ވަރުގަދަކުރުމަކީ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. މިކަމަށްޓަކައި ހެއާ މާސްކުތަކާއި، ތަފާތު އެކިކަހަލަ ޓްރީޓްމެންޓުތައް ބޭނުން ކުރާ މީހުން މިރާއްޖޭގައިވެސް މަދެއް ނޫނެވެ.
މިފަހަރު މި ހިމަނާލަނީ ސެލޫން އަކަށް ނުގޮސް، ގޭގައި ތިބެގެން އިސްތަށިގަނޑަށް ފަރުވާދީ، އިސްތަށި ފެޅުން އިތުރުކޮށް، ފަސޭހައިން އިސްތަށިގަނޑު ރީތިކުރަން ބޭނުންވާނަމަ ބޭނުން ކުރަންވީ ބައެއް އެއްޗެއްސެވެ.
ކާސްޓަރ އޮއިލް
ކާސްޓާރ އޮއިލް އަކީ އޭގައި ގިނަ އަދަދަކަށް ރިސިނޮލެއިކު އެސިޑު ހިމެނޭ އެއްޗެކެވެ. މި ބޭނުން ކުރުމުން ބޮލުގެ ހަންގަނޑުގައި ލޭ ދައުރުވުން ރަނގަޅުކޮށްދީ، އިސްތަށިތައް ބޯކޮށްދެއެވެ. އަދި އިސްތަށިތައް ފަޅައިގެން ދިއުން ހުއްޓުވައިދީ އިސްތަށިގަނޑު ފަސޭހަކަމާއެކު ދިގު ކުރުމަށްވެސް އެހީވެދެއެވެ.
އާރގަން އޮއިލް
އާރގަން އޮއިލް އަކީ އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓުތަކާއި ވިޓަމިން އީ ހިމެނޭ އެއްޗެކެވެ. މި ބޭނުން ކުރުމުން އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުކޮށްދީ، އިސްތަށިތަކުގެ އިލާސްޓިސިޓީ ރަނގަޅު ކޮށްދެއެވެ. އަދި އިސްތަށި ފެޅުން އިތުރުކޮށް، އިސްތަށިގަނޑު ފަސޭހައިން ދިގު ކުރުމަށްވެސް އެހީވެދެއެވެ.
ފިޔާ ތެޔޮ
ފިޔާ ތެލަކީ ގޭގައި ފަސޭހަކަމާއެކު ތައްޔާރު ކޮށްލެވޭ އެއްޗަކަށްވީއިރު، މިއީ ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓުތަކާއި ސަލްފާ އެކުލެވޭ އެއްޗެކެވެ. މި ބޭނުން ކުރުމުން އިސްތަށިގަނޑު ވަރުގަދަކޮށްދީ، އިސްތަށި ފޭބުން ހުއްޓުވައިދެއެވެ. އަދި ފަސޭހަކަމާއެކު އިސްތަށިގަނޑު ދިގު ކުރުމަށްވެސް އެހީވެދެއެވެ.

ކިޔުންތެރިންގެ ހިޔާލު