އިންޑިއާގެ ފިލްމީ ތަރިއެއް 14 ކިލޯގެ ރަން ސްމަގަލްކުރަން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ އިންޑިއާގެ ކަންނާޑާ ފިލްމީ ތަރިއެއް ކަމަށްވާ ރާނިޔާ ރާއޯ އެވެ. އޭނާ ހައްޔަރުކުރީ ދުބާއީން އިންޑިއާއަށް އައިތަނާ އެއާޕޯޓުން ނެވެ.
އިންޑިއާގެ އިދާރާތަކުން ބުނީ ރާނިޔާ "ގޯލްޑް ބާ"ތައް އެތެރެކުރީ އޭނާގެ ހެދުމުގައި ފޮރުވައިގެން ކަމަށެވެ.
ރާނިޔާއަކީ އިންޑިއާގެ ފުލުހުންގެ ވަރަށް މަތީ މީހެއްގެ ދަރިއެއް ކަމަށް ވެއެވެ.
ރާނިޔާ ހައްޔަރުކުރުމުގެ ކުރިން ވަރަށް ގިނައިން ބޭރު ގައުމުތަކަށް ދަތުރުކުރާތީ އޭނާއަށް އެ ގައުމުގެ އިދާރާތަކުން ދިޔައީ ފާރަލަމުންކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.
ރާނިޔާ ހައްޔަރުކުރުމަށް ފަހު އިންޑިއާގެ ފުލުހުން ވަނީ އޭނާގެ ގެ ރެއިޑްކޮށް އެތައް ކްރޯޑް ރުޕީސްގެ ގަހަނާއާއި ނަގުދު ފައިސާވެސް ހޯދައިފަ އެވެ.
ރާނިޔާ ހައްޔަރުކުރުމާ ގުޅިގެން އޭނާގެ ބައްޕަ ބުނީ އެ ހާދިސާއާ ގުޅިގެން ޝޮކެއް ލިިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އިތުރު ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު