ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ ތުހުމަތުތަކަކީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށް އަޒްމިރަލްދާގެ ޤާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވެއްޖެއެެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރީ މިދިޔަ މަހުގެ 26 ގައެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މި ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް މި މައްސަލަތަކާ ގުޅޭ ތަފްސީލެއް ޖޭއެސްސީން އަދި ހާމަކޮށްފައެެއް ނުވެއެވެ.
މި މައްސަލަ ފެންމަތިވުމާއެކު ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭ މައްސަލައެއް ބަލަމުންދަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.
މިކަމާ ގުޅިގެން މިއަދު ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.
ވަކީލު ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ފަނޑިޔާރު ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމީ އޭސީސީން ބަލާ މައްސަލައަކާ ގުޅިގެން ކަމަށް ބުނި ނަމަވެސް، ސަސްޕެންޑު ކުރިތާ ހަފްތާއެއް ވީއިރުވެސް އެ މައްސަލައިގެ ތަފްސީލެއް ލިބިފައި ނުވާ ކަމަށެވެ.
އަދި ފަނޑިޔާރާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގު ކުރަމުންދާ ކަމަށް ޖޭއެސްސީން ބުނާތީ އެ މައުލޫމާތުތައް ހޯދުމަށް އޭސީސީއަށް ލިޔުމުން ހުށަހެޅުމުން ވެސް މިހާތަނަށް އެ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
މީގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑް ކުރަން ނިންމުމުގައި ޖޭއެސްސީން އަމަލުކުރި ގޮތާއި އެ ބައްދަލުވުމާ ގުޅޭ މައުލޫމާތު ހޯދަން އެ ކޮމިޝަނަށް ފޮނުވި ސިޓީއަށް ވެސް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް ވަކީލު ވަނީ ވިދާޅުވެފައެވެ.
މިސަބަބުތަކާހުރެ، އަސާސެއް އޮތް ތަހުގީގެއް އޭސީސީން ކުރައްވާ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވަކީލު ނެރުނު ބަޔާނުގައި ވެއެވެ.
ވަކީލު އިތުރަށް ވިދާޅުވީ ޑރ. އިސްމާއިލްގެ މައްސަލައާ ގުޅުވައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އިސް މަގާމުތަކެއްގައި ތިބި ފަރާތްތަކުން މުއައްސަސާތައް ބޭނުންކޮށްގެން މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެންވެ އެ މައްސަލަ ބަލައިދޭން އެދި އޭސީސީއަށް ޝާކުވާއެއް ހުށަހެޅި ކަމަށެވެ. އެހެންނަމަވެސް ޝަކުވާގައި ބަޔާންކޮށްފައިވާ ކަންތަކުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެއް ފާހަގަ ކުރެވިފައިނުވާ ކަމަށް ބުނެ އެ މައްސަލަ ރަޖިސްޓްރީ ނުކުރުމަށް އޭސީސީން ނިންމި ކަމަށްވެސް ބަޔާނުގައި ވެއެވެ.
ވަކީލު ވިދާޅުވީ ފަނޑިޔާރު ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން އެއްވެސް މުއައްސަސާއަކުން ގާނޫނީ ޒިންމާ އަދާކޮށްފައިނުވާތީ ފަނޑިޔާރު އަޒްމިރަލްދާއަށް މި މައްސަލަތަކުގައި އިންސާފު ހޯދުމަށް ހުރަސްއެޅިފައިވާ ކަމަށެވެ.
އެހެންކަމުން މި މައްސަލަތަކުގައި ދައުލަތުގެ މުއައްސަސާތަކާއި ދައުލަތުގެ ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކުން ގާނޫނުގެ ވެރިކަމަށް ރުޖޫއަވެ ގާނޫނާ އެއްގޮތަށް އަމަލު ކުރަން ވަކީލު ވަނީ އިލްތިމާސް ކޮށްފައެވެ.
އަޒްމިރަލްދާގެ ފިރިކަލުން މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން މައްސަލަ ނުބަލައި ކޯޓުން އޭނާ ދޫކޮށްލި މައްސަލަ ފެންމަތިކުރީ ސަރުކާރަށް ފާޑުކިޔާ ހަސަން ކުރުސީ ނަމުގައި ހިންގާ އެކްސް އެކައުންޓަކުންނެވެ. ފާޑުކިއުންތައް އަމާޒުވުމުން އަޒްމިރަދާގެ ފިރިކަލުން އަމިއްލައަށް އިޢުތިރާފުވެ ބަޔާނެއްވެސް ނެރުނެވެ. ނަމަވެސް އޭނާގެ މައްސަލަ ނުބަލައި ދޫކޮށްލުމުގައި އަނބިކަނބަލުންގެ އަތެއް ނުވާނެ ކަމަށް ބުނެފައި ވެއެވެ.
ފަނޑިޔާރު އަޒްމިރަލްދާއާއެކު ސަސްޕެންޑު ކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުޢޫދު މިހާރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ އިސްތިއުފާ ދެއްވީ ޖޭއެސްސީގައި ސުޢޫދުގެ ބޮޑެތި މައްސަލަތަކެއް ތަވަލު ކުރުމުންނެވެ.
ސުޢޫދުގެ އިސްތިއުފާގެ ސިޓީ ބަލައިގަނެ އިއްޔެ ޖޭއެސްސީން ވަނީ އޭނާ މަޤާމުން ވަކިކުރިކަން އިއުލާން ކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރޭ ނޫސްބަޔާން pic.twitter.com/DqPrmX1CLK
— Shameel & Co. LLP (@scoattorneys) March 6, 2025
ފަނޑިޔާރު އަޒްމިރަލްދާއާއެކު ސަސްޕެންޑު ކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުޢޫދު މިހާރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ އިސްތިއުފާ ދެއްވީ ޖޭއެސްސީގައި ސުޢޫދުގެ ބޮޑެތި މައްސަލަތަކެއް ތަވަލު ކުރުމުންނެވެ.
ސުޢޫދުގެ އިސްތިއުފާގެ ސިޓީ ބަލައިގަނެ އިއްޔެ ޖޭއެސްސީން ވަނީ އޭނާ މަޤާމުން ވަކިކުރިކަން އިއުލާން ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު