ވިޔަފާރި ބަނދަރު ސަރަަހައްދު
ވިޔަފާރި ބަނދަރު ސަރަަހައްދު
ޖެނެރަލް ކާގޯގެ ގޮތުގައި ޑިކްލެއާކޮށް ކަނޑުމަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ދިވެހި ކަސްޓަމުން އަތުލައިގެންފި އެވެ.

ކަސްޓަމުން މިއަދު ބުނީ އެ ވޭޕްތައް އަތުލައިގަތީ މާލެ ކޮމާޝަލް ހާބަރަށް ގެނެސްފައިވާ ސީފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ވޭޕް ސްޓިކް ފޮރުވާފައި ހުރިކަމަށް ކަސްޓަމަށް ޝައްކުކުރެވިގެން، އިތުރަށް ބެލިބެލުމުން 400 ވޭޕް ހިމެނޭ ޕެކޭޖެއް ފެނިފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.

އެ މައްސަލަ ކަސްޓަމުން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުން ނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް މިދިޔަ ޑިސެމްބަރު މަހު ގެނައި އިސްލާހުތަކާއެކު ވޭޕް ބޭނުންކުރުމާއި ވޭޕް ވިއްކުމާއި ބެހުމާއި އަދި އެ ތަކެތި ރާއްޖެ އެތެރެކުުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އަދިވެސް ވޭޕް ރާއްޖޭގައި ވިއްކައި ބޭނުން ކުރަމުން ދެއެވެ. މިކަން ކުރަނީ ސިއްރިއްޔާތުގައެވެ.

ވޭޕް ވިއްކާތީ ފުލުހުން ރޭ ވަނީ ދެ ތަނެއް ރެއިޑްކޮށް ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން