މާލެ ސަރަގައްދުން ފެންނަމުންދާ ބަލިވެފައިވާ ނުވަތަ، މަރުވެފައިވާ ކޮތަރުތަކާ ގާތް ނުވުމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ކޮތަރުތައް މަރުވަމުންދާކަން ފާހަގަ ކުރެވުމުގެ ސަބަބުން، އެކަމުގެ ހަގީގަތް ދެނެގަތުމަށްޓަކައި އެ ވުޒާރާއިން ސާމްޕަލް ނަގައި ތަހުލީލު ކޮށްފައިވާ ކަމަށެވެ.
މި ތަހުލީލުތަކުން ކޮތަރުތަކަށް ޖެހިފައިވާ ބައްޔަކީ އިންފެކްޝަން ކޮރައިޒާ ނަމަކަށް ކިޔާ ބައްޔެއް ކަމަށް ދެނެގަނެވިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ބައްޔަކީ ދޫނީގެ ނޭވާލާ ނިޒާމަށް ހަމަލާދޭ ޖަރާސީމެއް ކަމަށްވާ އެވިބެކްޓީރިއަމް ޕެރެގެލިނޭރަމްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ކޮތަރުތަކަށް ކެންޑިއޭސިސް އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންތައް ޖެހިފައިވާކަންވެސް ތަހުލީލުތަކުން ހޯދިފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ އިންފެކްޝަން ކޮރައިޒާގެ އިތުރުން ސެކަންޑަރީ އިންފެކްޝަންތައް ޖެހުމުގެ ސަބަބުން ދޫނިތަކުގެ ނޭފަތުން ފެން އައިސް، ކެއްސާ، ނޭވާ ލުމަށް އުނދަގޫވެ، ބޮލާއި މޫނު ދުޅަވެ ކެއިން ބުއިމަށްވެސް އުނދަގޫ ވާ ކަމަށެވެ. އަދި ބަލި ބޮޑުވެ ކޮތަރުތައް މަރުވަނީ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެރޭގައި އޭގެ ޒާތުގައި ކޮންޓްރޯލު ކުރެވޭ ބައްޔަކަށްވީއިރު، މި ބަލީގެ ސަބަބުން އިންސާނުންނަކަށް އެއްވެސް ނުރައްކަލެއް ނުވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް ރައްކާތެރިގޮތަކީ ކުޑަކުދިން މަރުވެފައިވާ އަދި ބަލިޖެހިފައިވާ ކޮތަރުތަކާ ކައިރި ނުކުރުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ބޮޑެތި މީހުންވެސް އެތަކެތީގައި އައްލައި ހިފައިއުޅޭއިރު، ރައްކާތެރި ކަމުގެ ވަސީލަތްތައް ބޭނުން ކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު