އުމް އަލީ ތައްޔާރުކުރުމަށް ބޭނުންވާނެތަކެތި:

470ގ ޕަފް ޕޭސްޓްރީ (ގަނޑުކޮށްފައިނަމަ ފިނި ކަނޑުވާފަ)

1 މޭޒުމަތީ ސަމުސާ ބަޓަރ (ފިނި ކަނޑުވައި މަޑުކޮށްފައި)

1 މޭޒުމަތީ ސަމުސާ ހަކުރު (މައްޗަށް ސްޕްރިންކްލް ކޮށްލަން)

1/4 ކަޕް ކެޝިއު ނަޓް

1/4 ކަޕް ޕިސްޓާޗިއޯ

1/4 ކަޕް ޑްރައިޑް ކޮކޮނަޓް

1/4 ކަޕް ރެއިސިން

މިލްކް ސޯކް އަށް ބޭނުންވާ ތަކެތި:

4 ކަޕް ކިރު (ފުލް ކްރީމް ޕެކެޓް ކިރު)

3/4 ކަޕް ހަކުރު

ކްރީމް ޓޮޕިންގ ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

1 ކަޕް ހެވީ ވިޕިންގ ކްރީމް

1 ސައިސަމުސާ ވެނީލާ އެސެންސް

1 މޭޒުމަތީ ސަމުސާ ހަކުރު

އުމް އަލީ ތައްޔާރުކުރާނެގޮތް:

ފުރަތަމަ އަވަން (200 ސެލްސިއަސް) 390 ފެރަންހެއިޓް އަށް ޕްރީހީޓްކޮށްލުމަށް ޖައްސާށެވެ. ދެން ބޭކިންގް ޓްރޭއެއްގެ މަތީގައި ބޭކިންގ ޝީޓް އެއް އެޅުމަށްފަހު ޕަފް ޕޭސްޓްރީ ރީއްޗަށް ފަތުރާލާށެވެ. އެއަށް ފަހު ޕަފް ޕޭސްޓްރީ މަތީ ރީއްޗަށް ބަޓަރު ކޮޅު ހާކާލައި އޭގެ މައްޗަށް ހަކުރު ކޮޅު ސްޕްރިންކަލް ކޮށްލާށެވެ. ރީއްޗަށް ޕަފްޕޭސްޓްރީގެ ހުރިހާ ދިމާލެއްގަވެސް ބަޓަރާއި ހަކުރު ހުންނަންވާނެއެވެ. ދެން އަވަނުގައި ޕަސްޕޭސްޓްރީ ފިހެވި ބްރައުން ކުލަ އަރަންދެން ނުވަތަ 20 - 25 މިނެޓް ވަންދެން ފިހެލާށެވެ. ފިހެ ނިމުމުން އަވަނުން ނަގައި މި ހިހޫކުރަން ބަހައްޓާށެވެ.

ދެން ކްރީމް ޓޮޕިންގ ތައްޔާރުކުރުމަށް ވަކި ތައްޓެއްގައި ވެނިލާ އެސެންސާއި ހަކުރާއެކު ހެވީ ކްރީމް ވިޕް ކޮށްލާށެވެ. ވިޕް ކޮށް ފޮނުއެރީމާ މިހުރީ ކްރީމް ޓޮޕިންގ ތައްޔާރުވެފައެވެ.

ދެން މިލްކް ސޯކް ތައްޔާރު ކުރުމަށް މަޑު ގިނީގައި ހަކުރާ އެކު ކިރު ކައްކާލާށެވެ. ހަކުރުތައް ވިރެންދެން މިކައްކާ ތައްޔާރުކުރަންވާނެއެވެ. ތައްޔާރުވުމުން އުނދުން މަތިން ބާލައި، ވަކިން ބަހައްޓާލާށެވެ.

ދެން ފިހުނު ޕަފްޕޭސްޓްރީ ބޮޑެތިކޮށް ހުންނާނެހެން އޭގެ 3/4 ފުނޑުކޮށްލައި 9 އިންޗި ނުވަތަ 8 އިންޗި ޓްރޭއަކަށް އަޅައި އަތުރާލާށެވެ. ދެން ހުރިހާ ވައްތަރެއްގެ ނަޓް އަދި މޭބިސް ކަދުރުކޮޅު މައްޗަށް އަޅައި ރީތިކޮށް ފަތުރާލާށެވެ. ދެން ހޫނު ކުރި ކިރު އެއްކޮށް އަޅާލާށެވެ. އެއަށްފަހު ބާކީ ހުރި ޕަފްޕޭސްޓްރީވެސް ބޮޑެތިކޮށް ހުންނާނެހެން ފުނޑުކޮށްލައި މަތީގައި އަތުރާލުމަށްފަހު ވިޕް ކުރި ކްރީމް އަޅައި ރީއްޗަށް ފަތުރާލާށެވެ.

ދެން އަވަނު ކުރިން ހުރި ހޫނުމިނުގައި ބްރޮއިލް ސެޓިންގ އަށް ބަދަލު ކުރުމަށްފަހު އަވަނުގެ މެދު ރެކުގައި އުމް އަލީ ޓްރޭ 10 މިނެޓު ވަންދެން ބްރޮއިލްކޮށްލާށެވެ. މިހާރު މިހުރީ އުމް އަލީ ތައްޔާރުކޮށް ނިމިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން