މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މަދު ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިމިގްރޭޝަނުން އާންމު ކުރި ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އައީ 214،091 ފަތުރުވެރިންނެވެ. މިިދިޔަ އަހަރުގެ ފެބްރުއަރީ މަހު 217،391 ފަތުރުވެރިން އަ އެވެ. އެހެންވެ މިއީ މިދިޔަ އަޅާ ބަލާ އިރު، 3،300 ފަތުރުވެރިން ނުވަތަ 1.5 އިންސައްތައިގެ މަދުވުމެކެވެ.
މި އަހަރުގެ ފުރަތަމަ ދެ މަހު ރާއްޖެ އަށް ޖުމްލަ 428،954 ފަތުރުވެރިން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހު އައިސްފައި ވަނީ 409،777 ފަތުރުވެރިންނެވެ.
މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ފަސް ގައުމަކީ އިނގިރޭސިވިލާތް (23،210 ފަތުރުވެރިން)، ޗައިނާ (21،928 ފަތުރުވެރިން)، ރަޝިއާ (20،649 ފަތުރުވެރިން)، އިޓަލީ (19،120 ފަތުރުވެރިން) އަދި ޖަރުމަން (14،119 ފަތުރުވެރިން) އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ މިހާތަނަށްވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމަކީ މިދިޔަ އަހަރު ވެސް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.
ސަރުކާރުގެ މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ކިޔުންތެރިންގެ ހިޔާލު