ރާއްޖޭގެ ދަނޑުވެރިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އެގްރިކަލްޗަ މިނިސްޓްރީން ފަށައިފި އެވެ.
އެގްރިކަލްޗަ މިނިސްޓްރީން ބުނީ މި މަސައްކަތުގެ ދަށުން ކުރިޔަށް ގެންދަނީ ދަނޑުވެރިކަން ކުރާ މީހުންގެ އަދަދާއި ހައްދާ ގަހުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކަމަށެވެ.
ދަނޑުވެރިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓްރީން ވަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާވެސް މަޝްވަރާކޮށްފަ އެވެ. އެގޮތުން މިކަމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވަނީ އެ ބިއުރޯއާ ބައްދަލު ކުރައްވައި މަޝްވަރާތަކެއްކުރައްވާފައެވެ.
ދަނޑުވެރިކަމުގެ ޑޭޓާ އެއްކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ވެސް މިނިސްޓްރީން މަޝްވަރާކުރި އެވެ. ދަނޑުވެރިކަން ކުރިއަރުވަން ސަރުކާރުން މިހާރު ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ދަނޑުވެރިކަމަށް ހާއްސަ ކުރެވިގެން އިޤްތިސާދީ ޒޯނެއް މި އަހަރުތެރޭގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވެ އެވެ.
މި މަޝްރޫއު 2028 ގައި ނިމި އޭގެ ފައިދާ ރާއްޖޭގެ އިގުތިސާދަށް ލިބެން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު