4 ކިލޯގެ މަސްތުވާތަކެއްޗާ އެއްކޮށް ހައްޔަރުކުރި ހއ. ތުރާކުނު، އާހިޔާ، މަރްޔަމް ޒީނާ، 23 އ ގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް އެކެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގައެވެ. ޒީނާ ހައްޔަރުކުރީ 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައިގައި ޒީނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެންމެ ފުރަތަމަ ވެސް ބަންދަށް 15 ދުވަސް ޖެހި އެވެ. އަދި ބަންދަށް އިތުރު 15 ދުވަސް ޖެހީ އެ މުއްދަތު ހަމަވެގެންނެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން