މި ރޯދަ މަހު މާލެ އާއި ހުޅުމާލޭގައި ކަރަންޓުގެ ލޯޑު ބޮޑުވާ ގަޑިތަކުގައި ބޭކާރު ގޮތުގައި ކަރަންޓް ބޭނުން ނުކުރަން ސްޓެލްކޯއިން އިލްތިމާސްކޮށްފި އެވެ.
މި ރޯދަ މަހު ކަރަންޓް ބޭނުންކުރަމުންދާ ޕެޓާންއަށް ރިއާޔަތްކޮށް ސްޓެލްކޯއިން މިއަދު އެކްސްގައި ބުނީ ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 ކާއި ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށް ކަމަށެވެ.
އަދި ހެނދުނު 6 އިން 9 ޖެހުމާއި ހަމައަށް އެއްހަމައެއްގައި ކަރަންޓް ބޭނުންކުރާ މިންވަރު މަތިވަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ނަމަވެސް ހެނދުނު ނުވަޔަކުން ފެށިގެން މެންދުރު އެކަކާ ދެމެދުގެ ވަގުތުތަކަކީ ހޫނު ގަދަ، އަދި އޮފީސް ގަޑިތަކަށް ވެސް ވާތީއާއެކު އެ ގަޑިތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަން ސްޓެލްކޯއިން ފާހަގަ ކުރިއެވެ.
"އަދި މެންދުރު 1 އާއި ހަވީރު 5 އާއި ދެމެދު، ހޫނުވުމުގެ އިތުރުން، ރަމަޟާން މަސް ކަމުން މި ވަގުތަކީ ބަދިގޭގެ އެޕްލަޔަންސަސް (ބަދިގޭގެ ކަރަންޓު އާލާތްތައް) ގިނައިން ބޭނުންކުރާ ވަގުތަކަށް ވާތީ ކަރަންޓު ބޭނުންކުރާ މިންވަރު މި ގަޑިތަކުގައި އިތުރު ކަމަށް ފާހަގަ ކުރެވޭ." ސްޓެލްކޯއިން ބުނެފައި ވެއެވެ.
އޭގެ އިތުރުން ރޭގަނޑު ހަތަކުން ދަންވަރު 12 ޖެހުމާއި ހަމައަށް މެންދުރުގެ ލޯޑާއި އެއްވަރެއްގައި ކަރަންޓު ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށް ވެސް ސްޓެލްކޯއިނަ ބުންޏެވެ.
އެހެން ކަމުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުކަމަށް ފާހަގަ ކުރެވިފައިވާ ގަޑިތަކުގައި ކަރަންޓު އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިސްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު