ރާއްޖެއަށް ކަނޑުމަގުން 30 ކިލޯގެ ހަޝިސް އެތެރެކުރަން އުޅުނު ބޯޓެއް އިންޑިއާއިން އަތުލައިގެންފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ އެ ބޯޓު އަތުލައިގަތީ އިންޑިއާގެ ޓުޓިކޮރިންގެ ޕޯޓުން ރާއްޖެއަށް ދަތުރުކުރަނިކޮށް އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އެ ބޯޓުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނީ ބޯޓުގެ ފަޅުވެރިއަކާ ގުޅިގެން ނެވެ. އަދި އެ ފަޅުވެރިޔާއާއި ބޯޓަށް މަސްތުވާތަކެތި އެރުވުމުގައި އުޅުނު މީހަކާއި އޭނާއަށް އެހީވި މީހަކުވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.
އެ ބޯޓު ބަލާ ފާސްކުރި އިރު 29 ޕްލާސްޓިކް ކޮތަޅުގައި 30 ކިލޯގެ ހަޝިޝް ހުއްޓެވެ.
މި މަސްތުވާތަކެތީގެ އަގު 33 ކްރޯޑް ރުޕީސްއަށް އަރާނެކަމަށް ވަނީ ބެލެވިފަ އެވެ. އެއީ ދިވެހި ފައިސާއިން ނަމަ 58 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުން މިހާރު ތިބީ ބަންދު ޖަހައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު