ޑރ. އަލީ ލަތީފް
ޑރ. އަލީ ލަތީފް
ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު އައިޖީމްއެޗްގެ ބައެއް ވެރިން ހިންގި ކޮރަޕްޝަންގެ މައްސަލަ އަލުން ބަލަން ނިންމައިފި އެވެ.

ކޮވިޑްގެ ދުވަސްވަރު ޕީ.ސީ.އާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" ހޯދުމުގައި އަމިއްލަ މަސްލަޙަތު ހިމެނޭ ފަރާތަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގައި އައިޖީއެމްއެޗްގެ ކުރީގެ ތިން ވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީން މިދިޔަ އަހަރުގެ އޮގަސްޓު މަހު ހުށަހެޅިވެސް މެއެވެ.

އޭރު ދައުވާކުރަން ފޮނުވީ އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަން ކުރެއްވި ޑރ. ޢަލީ ޢަބްދުﷲ ލަޠީފާއި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމްގެ އިތުރުން އައިޖީއެމްއެޗުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހުސިންގެ މައްޗަށެވެ.

ނަމަވެސް އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ އަލުން ފުލުހުންނާ ގުޅިގެން ބަލަން ނިންމާފައިވާ ކަމަށެވެ. އޭގެ ސަބަބެއް އަދި އިތުރު ތަފްސީލެއް އޭސީސީއަކުން ނުދެއެވެ.

ޑރ. އަލީ ލަތީފް އާއި އޭނާގެ މަސްލަޙަތު އޮންނަ އާރުއެމްއެލްއެސް ލެބް ސަރވިސަސް އިން މަނީލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ކުރިން އޭސީސީން ބުނެފައި ވެއެވެ. އަދި ވަކި މައްސަލައެއްގެ ގޮތުގައި އެކަން ބަލަން އޭސީސީން ފުލުހަށް ވެސް ހުށަހެޅި އެވެ.

ޑރ. އަލީ ލަތީފްއާއި ޑރ. މިލްޒާއަށް ފިޔަވަޅު އެޅުމަށް އެދި މޯލްޑިވްސް މެޑިކަލް ކައުންސިލަށް ވެސް އޭސީސީން ކުރިން ހުށަހެޅި އެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް އެޅިކަމެއް ސާފެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން