މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަނުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފަައި ވާއިރު މާދަމާގެ ޖަލްސާގައި ފުރަތަމަ އޮންނާނީ މައްސަލަ ތަޅުމަށް އިއްވުމެވެ. އަދި އެ މައްސަލަ ބަލަައިގަނެ ކުރިއަށްދާން ފާސްކޮށްފިނަަ އެ މައްސަލައާ ގުޅޭ ދާއިމީ ކޮމެޓީއަށް ގެންދާނެއެވެ.

މި މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު އެ މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންކަަމަށް މީގެ ކުރިން ފުލުހުންގެ ހިދުމަތުން ވެސް ވަނީ ބުނެފައެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމަށް ފަޒީން އައްޔަންކުރީ އެ ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނަވަނިކޮށް 19 ޖެނުއަރީ 2023 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން