އަފްގާނިސްތާނުގެ އާއިލާތަކެއް ވެހިކަލްތަކުގައި ޕާކިސްތާނު ދޫކޮށް ދަނީ--
އަފްގާނިސްތާނުގެ އާއިލާތަކެއް ވެހިކަލްތަކުގައި ޕާކިސްތާނު ދޫކޮށް ދަނީ--
ޕާކިސްތާނުގައި ދިރިއުޅޭ އަފްގާނިސްތާނުގެ ހުރިހާ ރައްޔިތުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ފައިބަން އަންގައިފި އެވެ.

ފާއިތުވި 30 އަކަށްވުރެ ވެސް ގިނަ އަހަރު އަފްގާނިސްތާނުގައި ހިންގަމުންދާ ހަނގުރާމަތަކާ ގުޅިގެން އެ ގައުމުގެ އެތައް ބަޔަކު ރެފިއުޖީންގެ ގޮތުގައި ޕާކިސްތާނުގައި ދިރިއުޅެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ގަވައިދާ އެއްގޮތަށް އުޅޭ ހާއްސަ ހުއްދައެއްގެ ދަށުން އުޅޭ މީހުން ނެވެ. އަދި އަނެއް ބައި މީހުންނަކީ ގަވައިދާ ހިލާފަށް ދިރިއުޅޭ މީހުން ނެވެ.

ނަމަވެސް ފަހަކަށް އައިސް ތާލިބާން ސަރުކާރުން ޓެރަރިސްޓުންނަށް ހިމާޔަތްދޭ ކަމަށް ޕާކިސްތާނުން ކުރަމުންދާ ތުހުމަތުތަކާއެކު ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެއާއެކު އިއްޔެ ޕާކިސްތާނުންވަނީ ގަވައިދާ އެއްގޮތަށް އުޅޭ މީހުންނާއެކު ހުރިހާ ރެފިއުޖީން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ޕާކިސްތާނުން ފައިބަން އަންގައިފަ އެވެ.

އަދި އޭގެ ފަހުން ޕާކިސްތާނުގައި ދިރިއުޅޭ އަފްގާނިސްތާނުގެ އެންމެން ޑީޕޯޓްކުރާނެ ކަމަށް ޕާކިސްތާނުންވަނީ ބުނެފަ އެވެ.

އެ ނިންމުމާއެކު ޕާކިސްތާނުގައި ދިރިއުޅޭ މިލިއަނެއްހާ އަފްގާނިސްތާނުގެ ރެފިއުޖީންނަށް އަސަރުކުރާނެ އެވެ.

އދ. ގެ ރެފިއުޖީ އޭޖެންސީން ބުނީ މިހާރުވެސް އަފްގާނިސްތާނުގެ އެތައް ލައްކަ ބަޔަކު އެނބުރި ގައުމަށް ގޮސްފައިވާ ކަމަށެވެ.

މިފަހަކަށް އައިސް ޕާކިސްތާނުގައި ޓެރަރިސްޓުން ވަރަށް ވަރުގަދަ ހަމަލާތަކެއް ދަނީ ދެމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން